ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވީ އިއްޔެއެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އައްޑޫ ސިޓީގެ މަގުތަކުގައި ހަދަމުން އަންނަ ފެންހިންދާ ނިޒާމްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ނައިބްރައީސް ފައިސަލް ނަސީމް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިންގ މިނިސްޓްރީއާއި، ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން 122659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، މީގެއިތުރުން، 27450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މިއީ ސަރުކާރުގެ ބަޖެޓުން 271.3 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

President @ibusolih and First Lady Fazna Ahmed tour the work site of Fuvahmulah City’s road development project undertaken by MTCC and observe the progress of their work. pic.twitter.com/Borb6iTWMK
— The President's Office (@presidencymv) March 26, 2022
ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ނައިބްރައީސް ފައިސަލް ނަސީމް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިންގ މިނިސްޓްރީއާއި، ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން 122659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، މީގެއިތުރުން، 27450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.
މިއީ ސަރުކާރުގެ ބަޖެޓުން 271.3 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު