އިއްޔެ ފުލުހުންނަށް ކޮމާންޑްދިންކަމަށް ބުނާ މީހާ
އިއްޔެ ފުލުހުންނަށް ކޮމާންޑްދިންކަމަށް ބުނާ މީހާ
އިދިކޮޅުން އިއްޔެ ބޭއްވި އެއްވުމުގައި ފުލުހުންނަށް ކޮމާންޑް ދިން އިންޑިއާ ސިފައިންގެ މީހެއް ކަމަށްބުނެ ބައެއް މީޑިއާތަކުގައި ދައުރުކުރަނީ ފުލުހުންގެ މެޑިކަލް އޮފިސަރެއްގެ ފޮޓޯ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންބުނީ، އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ އެއްވުމުގައި ފުލުހުންގެ ވެހިކަލެއްގައި އިނދެ ކޮމާންޑް ދެމުންދިޔަކަމަށް ބުނާ މީހަކީ ފުލުހުންގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށެވެ.

އިއްޔަ ބޭއްވި އެއްވުމުގައި އެމުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކުގައި ކަމަށާއި މީޑިއާގައި ދައުރުކުރަމުންދާ މަޢުލޫމާތުތަކުގެ ސަބަބުން އެ މުވައްޒަފަށް އިންޒާރު ލިބެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނޭވާ ހޮޅިއަށް، ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ބޭއްވުމަށް މަސައްކަތްކުރި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕިއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދަށް އެސްއޯ ފުލުހުން ގެންގޮސް މުޒާހަރާ ހުއްޓުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


7

ޙަމީދު

29-Mar-2022

ޢިންޑިއާ ސިގައިންގެ މީހެއް ތިއީ ފުލުހުން ތެރޭގައި ބޭރުގެ މެޑިކަލް އޮފިސަރުން މަސައކަތް ކުރަން ފެށި ތާރިޙް އަދި އެއީ ކޮންގައުމެއްގެ މީހުނެތްތޯ ..ވަޒީފާ ދީނީ އާއްމުކޮއް އިއއުލާން ކޮއްގެން ތަަ ސީޕީ ވަގު ހިމީދު


-5

ޙަމީދު

29-Mar-2022

ޢިންޑިއާ ސިގައިންގެ މީހެއް ތިއީ ފުލުހުން ތެރޭގައި ބޭރުގެ މެޑިކަލް އޮފިސަރުން މަސައކަތް ކުރަން ފެށި ތާރިޙް އަދި އެއީ ކޮންގައުމެއްގެ މީހުނެތްތޯ ..ވަޒީފާ ދީނީ އާއްމުކޮއް އިއއުލާން ކޮއްގެން ތަަ ސީޕީ ވަގު ހިމީދު


-2

ޟިރާރު

29-Mar-2022

ﷲއަކްބަރު .އިންޑިއާ އައުޓް .. އިންޑިއާ ސިގައިން ބާލަ ﷲއަކުބަރު


4

ސަރީފް

29-Mar-2022

ފުލުހުންނާއެމްއެންޑީއެފްގެ އަދި މަޖކިހުގެއެއްވެސް ޒީފާއެއްގަބޭރުމީހުންތިބެގެންނުވާނެ


1

ނުރަބޯ

29-Mar-2022

ފުލުހުންނަކަށް މިހާރު އިތުބާރެއް ނެތް. ބިދޭސީ ޑަކްޓަރަކު ކޮންމެހެން މުޒާހިރާއެއްގެ ތެރެއަށް ވަންނާކަށް ނުޖެހޭ. ވީމާ މިއީ ސަރުކާރުން ފުލުހުން ލައްވާ ހެއްދި ދޮގެއް ކަމަށް ގަބޫލުކުރެވެނީ.



ޓްރެންޑިން