ޒަމާނުއްސުރެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގެދޮރާއި، ދިރިއުޅޭ މާހައުލު ސާފުކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ވަރަށް މުހިއްމު ރީތި އާދައެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އެޗްޑީސީން އިންތިޒާމް ކޮށްގެން ހުޅުމާޅެ ސާފުކުރުމަށްޓަކައި މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި "ރޯދަ ސާފު" ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވައި އެމްޑީ ޝަރީފު ވިދާޅުވީ އެ އާދަ މިހާރު ނެތެމުންދިޔަނަމަވެސް، އެފަދަ ރިވެތި އާދަތައް އާލާކުރުމަށާއި، މުޖުތަމައުގައި އެ ސަގާފަތް ދެމެހެއްޓުމަށްޓަކައި އެޗްޑީސީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ރޯދަ ސާފް" ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ، އެހަރަކާތައް ހުރިހާ މުއައްސަސާއަކުން ވެސް ތަރުހީބުދީ އެ މަސައްކަތުގައި ބައިވެރިވުމަކީ، ވަރަށް މުހިއްމު އަދި އެދެވޭ ކަމެއް ކަމަށާއި، އެ ހަރަކާތަކީ ހަގީގަތުގައި ރަމްޒީ ހަރަކާތެއް ކަމަށާއި، އެހެން ނަމަވެސް އެ ހަރަކާތަކީ ރަމްޒީ ހަރަކާތަކަށްވުރެ ފުޅާ ވިސްނުމަކުން ވިސްނަންޖެހޭ ހަރަކާތެއް ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކޮންމެ މީހަކީވެސް ފަރުދީ ހައިސިއްޔަތުން އެމީހަކު ދިރިއުޅޭ މާހައުލު ސާފު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތެއް ކަމަށާއި، އެހެން ކަމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅުއްވާ ބޭފުޅުންނާއި، ހުޅުމާލޭގައި އެހެނިހެން ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބޭފުޅުންވެސް ފަރުދީ ހައިސިއްޔަތަކުން އެ ޒިންމާ ނަންގައިވައިގެން ނޫން ގޮތަކަށް އަޅުގަނޑުމެން އުޅޭ ދިރިއުޅޭ ވެށި ސާފުތަނަކަށް ނުހެދޭނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މިއަދު އަޒުމް ކަނޑައަޅަންވީ، މިތަނުގައި ތިބި ހުރިހާ މުއައްސަސާތަކަކާއި، ހުރިހާ ފަރާތްތަކުންވެސް އަޒުން ކަނޑައަޅަންވީ، މި ރަމްޒީ ޕްރޮގްރާމަކީ ރަމްޒެއްކަމުގައި ބެލި ނަމަވެސް ހަގީގަތުގައި އަޅުގަނޑުމެން ދިރިއުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކެން." ޝަރީފް ވިދާޅުވިއެވެ.
މިފަދަ ހަރަކާތްތަކުގައި ރާއްޖޭގެ ސުކޫލްތަކުގެ ދަރިވަރުން ބައިވެރިކުރުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށާއި، ހަގީގަތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިފަދަ ޕްރޮގްރާމްތަކަށް ދެއްވާ ތަރުހީބަކީ މުއައްސަސާތަކުން ހާއްސަކޮށް، މިކަންކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އެހެނިހެން އިދާރާތަކުން ޝުކުރުވެރިކަމާއި އެކީގައި ބަލައިގަންނަ ކަމެއްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އަދި އެ ހަރަކާތުގައި ހުޅުމާލޭގެ ސުކޫލުތަކުން ބައިވެރިވެފައިވާތީ، އެ ސުކޫލުތަކުގެ ވެރިންނަށާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ޕްރޮގްރާމަކީ މީގެ އަހަރުތަކެއް ކުރިން އެޗްޑީސީން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިއަދުވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ ޢަދަދެއްގެ ކުނި ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު