ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި އައްޑޫން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިއަދު އައްޑޫސިޓީން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ޢަދަދު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ޢަދަދު ނުވަޔަކަށް އަރައެވެ.

އައްޑޫން ބަޔަކު ހައްޔަރުކޮށްފައިވާއިރު ރައީސް ޞާލިޙު މިވަގުތު ވަޑައިގެން ހުންނެވީ އައްޑޫ ސިޓީގައެވެ. އަދި ހައްޔަރުކުރި މީހުން ހިންގަންއުޅުނު ޢަމަލާއި ރައީސްގެ ދަތުރުފުޅާ ގުޅުމެއްހުރި ކަމެއްވެސް ސާފުވެފައެއްނުވެއެވެ.

ރައީސް ޞާލިޙް މިއަދުވަނީ އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ނުވަތަ ޕޮލިސް އެކެޑަމީ ހުޅުވައިދެއްވާފައެވެ. އަދި ދަޢުލަތުގެ ގިނަޢަދަދެއްގެ އިސްވެރިންވެސް މިވަގުތު ތިއްބެވީ އައްޑޫސިޓީގައެވެ.

ފުލުހުންބުނީ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން