ސަރުކާރު ވައްޓާލަން ބޭނުންވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަ ތިބި ކަމަށާއި، އެހެން ނަމަވެސް ސަރުކާރު ވައްޓާލަން ފުރުސަތު ނުދޭނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެ އެވެ.
އައްޑޫ މަރަދޫ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ސަރުކާރު ވައްޓާލަން ބޭނުންވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަތިބި ކަމަށެވެ. "ތިލަފަތުގެ ރަމްޒޭ" ކިޔައިގެން ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓާލަން ބޭނުންވާ ބަޔަކު އެމްޑީޕީގައި ތިބި ނަމަވެސް ސަރުކާރު ވައްޓާލަން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީއަށް އައި މީހުން ބުނީ ސަރުކާރު ވައްޓާލާށޭ ބޭނުންވަނީ، ވަރިހަމައޭ ރައްޔިތުން ބަނޑަށް ޖެހުނަސް. 400 މިލިއަން ރުފިޔާ ހޯދައިގެން އެފައިސާ ބޭރުން މަނިކުފާނު (ރައީސް) ސަލާންޖަހައި ނާށިގަނޑު ހިފައިގެން ގޮސް ހޯއްދަވައިގެންނޭ މި ރައްޔިތުންނަށް ތެލާ ކާނާޔާއި އަދި މަސްވެރިން ގަންނަ މަސްކޮޅު ހޯދޭގޮތްވީ، ރައްޔިތުންނަށް މިކަން ސާފު، އަޅުގަނޑުމެން މަނިކުފާނު ސަރުކާރު ވައްޓާލިޔަކަ ނުދޭނަން، ހަމަހޭ ހުރެގެންނެއް." އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ތާއީދުކުރާ ފަރާތްތަކަށް ނިސްބަތް ކުރައްވައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އެ އިޝާރަތް ކުރެއްވި "ތިލަފަތުގެ ރަމްޒު" ޝިއާރުގެ ދަށުން ކެމްޕޭން ކުރަނީ އިންތިއަށް ތާއީދުކުރާ ފަރާތްތަކުންނެވެެ. އިންތިއަށް ތާއިދު ކުރާ އިސް ބޭފުޅުންގެ ތެރޭގައި ގިނައިން ހިމެނެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުންނެވެ.
އިތުރަށް ވާހަަކަ ދައްކަވަމުން އައްޑޫ ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިތުރު ދައުރަކަށް ކުރިމަތިލައްވައިފިނަމަ ޖާނާއި މާލުން ވެސް ގުރުބާންވާނެ ކަމަށެވެ. ރައީސަށް އިތުރު ދައުރެއްް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު