ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ރާޑަރު ސްޓޭޝަންތައް ދިވެހި ސިފައިން އޮޕަރޭޓް ކުރަން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސަރވެއިލަންސް ސިސްޓަމެއް ޤާއިމުކުރެވިފައިވާ ކަމަށެވެ.
މިގޮތުން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑާ ސިސްޓަމް ޤާއިމުކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުންނެވެ. މި ރާޑާ ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ސިސްޓަމްގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެ ކަމަށާ އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

10 areas of Maldives have been established with Coastal Radar Systems by free aid of the Indian Government. These systems are operated by trained personnel of MNDF Coast Guard. pic.twitter.com/UWqOtbn1hr
— Maldives National Defence Force (@MNDF_Official) March 27, 2022
މިގޮތުން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑާ ސިސްޓަމް ޤާއިމުކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުންނެވެ. މި ރާޑާ ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ސިސްޓަމްގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެ ކަމަށާ އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު