ރައީސް އިބްރާހިމް މުހައްމަދު ސާލިޙު އައްޑޫ ސިޓީގެ ރައްޔިތުންނަށް ގިނަ ވައުދު ތަކެއް ވެވަޑައިގެންފިއެވެ.
ރައީސް ސާލިޙު އައްޑޫ ސިޓީގެ ރައްޔިތުންނަށް ވައުދުތައް ހާމަކުރެއްވީ އެމަނިކުފާނުގެ ދެކަނބަލުން މިރޭ ދެއްވި މާހެފުމެއްގައި ވާހަކަފުޅު ދައްކަަވަމުންނެެވެ. މިމާހެފުމުގައި ވާހަަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ފޭދޫ ސްކޫލް އިތުރަށް ތަރައްގީ ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން ފޭދޫގައި މިހާރު ހުރި ސްކޫލްގެ ބަދަލުގައި އާ ސްކޫލެއް އަޅައިދިނުމަށް މިއަދު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތް ހިމެނިފައި ނެތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނުއްވާނެ ކަމަށެވެ. މީގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ނަރުހުންނާއި ޑޮކުޓަރުންނާއި އެހެނިހެން ވަސީލަތްތައް ހަމަޖައްސައި ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މިހަފުތާ ތެރޭގައި އިރާދަކުރެއްވިޔާ އައްޑޫ ހޮސްޕިޓަލުގެ މެނޭޖްމަންޓް އެދުނު ގޮތަށް ބޭނުންވާ ވަރަށް ޑޮކުޓަރުން އިތުރުކޮށްދޭނަން، ނަރުހުން އިތުރުކޮށްދޭނަން. އެމްބިއުލާންސްގެ ދަތިކަން ހައްލުކޮށްދޭނަން. އެއަށްފަހު ދެން ބަލަމާ ޚިދުމަތަށްވާނެ ގޮތެއް." ރައީސް ސާލިޙު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އައްޑޫސިޓީގައި އޮތް ޝަންގްރިއްލާ ރިސޯޓު ލަސްތަކެއް ނުވެ ހުޅުވިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ކެނަރީފް ރިސޯޓުގެ އެއްބައި ހުޅުވި އޮޕަރޭޓް ކުރަމުންދާ ކަމަށާއި ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އެ އިންވެސްޓްމެންޓަކީ ސަރުކާރުގެ 30 ޕަސެންޓް އަދި އެހެން ބައެއްގެ 70 ޕަސެންޓާއެކު ކޮށްފައި އޮތް އިންވެސްޓްމެންޓެއް ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު