ރައީސް ޞާލިޙު އައްޑޫ ސިޓީއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުގެތެރެއިން (ފޮޓޯ- ރައީސް އޮފީސް)
ރައީސް ޞާލިޙު އައްޑޫ ސިޓީއަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުގެތެރެއިން (ފޮޓޯ- ރައީސް އޮފީސް)
ސ. ގަމު ދޫގަސް ހުރި ބިމުގައި 120 އެނދުގެ ހޮޓަލެއް އެޅުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އައްޑޫ ރައްޔިތުންނަށް ދެއްވި މާހެފުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ދޫގަސް ހުރި ބިމުގައި ހޮޓަލެއް އެޅުމަށްޓަކާ އެ ބިން ގަން އެއާޕޯޓަށް ދިނުމަށް މިއަދު ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އެތަނުގައި 120 އެނދުގެ ހޮޓަލެއް މި އަންނަ އަހަރުގެ މޭ، ޖޫން ހިސާބުގައި ހުޅުވޭނެެކަމުގެ ޔަގީންކަން އެބައޮތް" ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެ ހޮޓާ ވެގެންދާނީ ފުރިހަމަ ހޮޓަލަކަށް ކަމަށާއި އެގޮތުން އެތަން ބިނާ ކުރެވިގެންދާނީ ބޮޑެތި ބައްދަލުވުންތައް ބޭއްވޭ ގޮތަށް އިތުރު ވަސީލަތްތަކާއެކު ކަމަށެވެ. އެތަން ހުޅުވުމާއެކު އައްޑޫގައި ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު