ފަންސާހަށްވުރެ ގިނަ އަހަރުފަހުން ސްރީލަންކާގެ އެންމެ ދުވަސްވީ އެއަރޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓެއް ޖައްސައިފިއެވެ.

ސްރީލަންލާގެ ކޮލޮމްބޯގައި ގާއިމުކޮށްފައިވާ ރަޓްމަލަނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 54 އަހަރު ފަހުން ބައިނަލްއަގުވާމީ ފްލައިޓެއް ޖައްސާފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އިއްޔެ ރަޓްމަލަނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ދިވެހިރާއްޖޭގެ ގައުމީ އެއަރލައިނުގެ ފްލައިޓަށް ވަނީ ވޯޓަރ ކެނޮން ސެލިއުޓަކާއިއެކު ރަސްމީކޮށް މަރުހަބާކިޔާފައެވެ.

ކޮލޮމްބޯ ރަޓްމަލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާމަކޮށްފައިވާގޮތުން އިއްޔެގެ ކާމިޔާބު ފްލައިޓަކީ، ދިވެހިރާއްޖެއާއި ކޮލޮމްބޯ ރަޓްމަލަނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ބައިނަލްއަގުވާމީ ފްލައިޓުތަކުގެ ޝެޑިއުލް ދަތުރުތަކުގެ ފެށުމެވެ.

54 އަހަރު ފަހުން ކޮލޮމްބޯ ރަޓްމަލަނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ބައިނަލްއަގުވާމީ ފްލައިޓަށް ސްރީލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސަވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ކޮލޮމްބޯ ރަޓްމަލަނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސްރީލަންކާގެ އެންމެ ދުވަސްވީ އެއަރޕޯޓެވެ. އަދި މިއީ ސްރީލަންކާގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެއަރޕޯޓުވެސްމެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން