3 ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށް، މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، މި ބޭފުޅުންނަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.

ފަތްކޮޅު ޙަވާލުކުރެވިފައިވާ 3 ދާއިރާގެ އިސް މެޖިސްޓްރޭޓުންނަކީ:

- ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހއ. އުތީމު، ކަރަންކާގެ، އަލްއުސްތާޛު އަހްމަދު އާދަމް

- ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ވ.ފުލިދޫ، ވެނިލާގެ، އަލްއުސްތާޛު އަހްމަދު ޝަރީފް

- ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ.ތިނަދޫ، ދިލްބަހާރުގެ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު





ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި އަލްއުސްތާޛު އަހްމަދު އާދަމް އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ (ހޮނަރސް) ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި އަލްއުސްތާޛު އަހްމަދު ޝަރީފް އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 28 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު