ރިޔާސީ ކެމްޕޭނުގަވެސް އެބައިމީހުން ނިކަން ބޮޑުމަންޒަރެއް ދެއްކިއެވެ. އާހިރުވެނިމުނު އިރު އެބޮޑުމަންޒަރުން ކުރިފައިދާއެއް ނުފެނުނެވެ މިފަހަރު ވެސް ކަންނިމިގެންދާއިރު ކުރީގެ ސީން ތަކުރާރުވުމަކީ ހަމަ އެއްމެ އެކަށީގެންވާގޮތެވެ.ހާއްސަކޮށް އެދެބައިމީހުން އެބޭއްވި ޖަލްސާތަކުން ދެފަރާތުގެ ސަޕޯޓްމިނެކިރޭނެ ކަމަށް ނިންމޭކަށްވެސް ނެތެވެ.

އެމްޑީޕީ އިން ޖަލްސާ ބޭއްވީ ރައްޖޭގެ ހުރިހާ ރަށް ތަކެއްގައި އެއްފަހަރާ ކަމުން މާލޭގައި އުޅޭ ރައްޔަތުން ފިޔަވައި އެހެން ބަޔަކު އެޖަލްސާ ފަޅުފިލުވަން އައި ކަމަކަށް ނުބެލެވެއެވެ. އެކަމަކު އެޔާހިލާފަށް ޕީޕީެއެމް ގެ އެކިޔާ ބޮޑު ޖަލްސާ އަށް މާލެއާއި ކައިރި ގިނަ ރަށް ރަށުން މީހުން ގެނައި ކަމަށް ވެއެވެ. އެހެންވީމާ ރައްޔަތުން ތިބިގޮތް ފެނިއްޖެކަމަށްބުނެ އުފާފާޅު ކުރާނެ ޖާގައެއް އޮތްކަމަކަށްވެސް ނުދެކެމެވެ.

ސަރުކާރަށް ރައްޔަތުންގެ ފުރިހަމަ ތާއިދު އެބައޮތެވެ.ފާއިތުވެދިޔަ އެންމެހާ އިންތިހާބުތަކުން އެދެއްކި ނަތީޖާތައް ފުރޮޅިގެންދާނެފަދަ ބަދަލެއް އަދިނުފެނެއެވެ.އެހެން ނަމަވެސް ސަރުކާރުގެ އިސްތިބީން (ވެރިން) މިހާރަށްވުރެން ވިސްނުންތެރި ކަމާއެކު ބަސްބުނާ ބަޔަކަށް ވާން ވެއްޖެއެވެ.ބަސްމަދު ކޮށް އަމަލު ގިނަކޮށް އެތެރޭގެ ކޯޅުން ހުއްޓާލައި ރައީސް ސޯލިހާއި ސަރުކާރަށް ހަގީގީމާނައިގަ އެޢްބާރުލުން ދޭން އެބަޖެހެއެވެ.މިހާރު ކަން ހިނގާ ގޮތުން ރައީސުލްޖުމްހުރިއްޔާ އަކީ ކާކުކަން އޮޅޭހިސާބަށް ދާކަމަށް ބައެއްމީހުން ބުނާތިވެސް އަޑުއިވެއެވެ.

ބައެއްވެރިން ބަސްބުނަން ނުޖެހޭހާލަތުގަ ބަސްބުނަނީއެވެ.ނޫނީ ކަންކަމަށް އަނގަބޭނެނީއެވެ.މިފަދަ ކަންކަމުގެ ސަބަބުން އިދިކޮޅޮގެ އެއްވެސް ބާރެއްނެތި އޭގެގެއްލުން ލިބި ބަލިކަށިވަނީ ރައީސް ސޯލިިހްގެ ސަރުކާރެވެ.ގަސްދުގައިވިޔަސް ގަސްދުގައި ނޫނަސް ރައީސަށް ނުފޫޒުފޯރުވޭނަމަ އޭގެގެއްލުން އެލިބެނީ މުޅިރައްޔިތަށެވެ ވީމާ މިފަދަ އެންމެހާ ކަންކަން ހުއްޓާލައި އެވެރިޔަކު އެވެރިއެއްގެ ޒިއްމާތަކާއެކު ކުރިޔަށް ދިއުން ބުއްދިވެރިކަމުގަދެކެމެވެ.ހަމަ އެހެއްމެ ރައީސް ސޯލިހްވެސް އިލްމު ހުރި މަންމަނެއްގެ އަތަށް މައިކެއްދީފައި ބޭންދުމުގެ ބަދަލުގައި ރައީސުލްޖުމުހުރިއްޔާގެ އަޑުއިއްވައި ދެވޭވަރުގެ އަނގައެއްވެސް ހޯދަންއެބަޖެހެ އެވެ

ހަށިގަނޑު ކިތަންމެ ބިޔަޔަސް މިހާރުހުރީ އެފަދަމަންމަން ކުއްޖެކެވެ. ބޭކާރުބޮލެކެވެ ދައުރުގެ ކުރިޔަށް ހުރިދުވަސް ތަކަށް ކުރެވޭ އުއްމީދަކީ މިކަން ކަން ބަދަލުވެ ހެޔޮވެރިކަމެއް ކުރާނެއަމާން މަގެއް ހުޅުވިގެން ދިއުމެވެ އެމަގު ހުޅުވޭނީ ބައެއް ވެރިން އަމިއްލަ އެދުން އެއްފަރާތްކޮށް ރައީސުލްޖުމްހުރިއްޔާ އަކީ ރަމުޒީ ނަމެއްކަމަށް ވިސްނާ ވިސްނުން ދޫކޮށްލައި ރައީސުލްޖުމުހުރިއްޔާ އަކީ ޅ.ހިނަނަވަރަށް އުފަން އިބުރާހިމް މުހައްމަދުސޯލިހްކަން ޝައްކެއްނެތް މިންވަރަށް ގަބޫލުކޮށްގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން