އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ދެކުނުގެ ސަރަހައްދީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތްކުރައްވައިފިއެވެ.
އައްޑޫ ސިޓީއަށް ރައީސުލްޖުމްހުރިއްޔާގެ ދެ ކަނބަލުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވިލުނުގެ ނަމުގައި ތަރައްޤީކޮށްފައިވާ މިމަރުކަޒަށް ވަޑައިގެން ރައީސް ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.
ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މިސެންޓަރަކީ އެއްފަހަރާ 60 މީހުންނަށް ފަރުވާދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސެންޓަރެކެވެ. މިއީ މާލެ އަތޮޅުން ބޭރުގައި މިފަދަ ފަރުވާ ދޭ އެންމެ ބޮޑު މަރުކަޒުކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ބުނެއެވެ. މިސެންޓަރުގައި އަންނަ ހަފްތާގައި 20 މީހަކަށް ފަރުވާ ދޭން ފަށާނެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުން މި ސެންޓަރުގެ ޕްރޮގްރާމްތައް ބިނާކޮށްފައިވަނީ ފަރުވާ ހޯދާ މީހާގެ ބޭނުންތަކަށާއި، ފަރުވާގެ ކުރިއަށްދާ ގޮތުގެ މައްޗަށެވެ.

President @ibusolih and First Lady Fazna Ahmed visited the "Vilunu" Drug Detoxification and Community Rehabilitation Centre in S. Hulhudhoo. The rehabilitation facility has an in-house capacity of 60 individuals. pic.twitter.com/WDWqbTEKjn
— The President's Office (@presidencymv) March 28, 2022
ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މިސެންޓަރަކީ އެއްފަހަރާ 60 މީހުންނަށް ފަރުވާދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސެންޓަރެކެވެ. މިއީ މާލެ އަތޮޅުން ބޭރުގައި މިފަދަ ފަރުވާ ދޭ އެންމެ ބޮޑު މަރުކަޒުކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ބުނެއެވެ. މިސެންޓަރުގައި އަންނަ ހަފްތާގައި 20 މީހަކަށް ފަރުވާ ދޭން ފަށާނެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުން މި ސެންޓަރުގެ ޕްރޮގްރާމްތައް ބިނާކޮށްފައިވަނީ ފަރުވާ ހޯދާ މީހާގެ ބޭނުންތަކަށާއި، ފަރުވާގެ ކުރިއަށްދާ ގޮތުގެ މައްޗަށެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު