ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އައްޑޫ ސިޓީ މީދޫގައި ތަރައްޤީކުރި ބަނދަރު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ.
ބަނދަރު ހުޅުވައިދެއްވުމަށްފަހު ސަރުކާރުން ވަނީ ބަނދަރު ރަސްމީކޮށް އަައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.
މި ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި ބަނދަރެކެވެ.
މީދޫގައި ތަރައްޤީކުރި ބަނދަރަކީ ނެރު ފުންކޮށް ބަނދަރު ފުންކޮށް 115 މީޓަރުގެ ބޭރުތޮށި ޖަހައި 496 މީޓަރުގެ އެއްގަމު ތޮއްޓެއް ޤާއިމްކޮށްފައެވެ. އަދި ބަނދަރުގެ ރޭމްޕު ހަދައި އެއްގަމު ތޮށި ވަށައިގެން ޕޭމަންޓް ހަދައި ފެން ހިންދޭނެ ނިޒާމް ޤާއިމްކޮށް ނެތުބައްތި ޖަހައި މޫރިން ބޮއި ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން ބޭރުތޮށީގައި ސޭންޑް ފިލް ބްރޭކްވޯޓާއެއް ޤާއިމްކޮށް ލައިޓް ހަރުކޮށްފައިވެއެވެ.

President @ibusolih inaugurates the Meedhoo Harbour project, which was developed by @MTCCPlc pic.twitter.com/pm0dsU2GiH
— The President's Office (@presidencymv) March 28, 2022
މި ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި ބަނދަރެކެވެ.
މީދޫގައި ތަރައްޤީކުރި ބަނދަރަކީ ނެރު ފުންކޮށް ބަނދަރު ފުންކޮށް 115 މީޓަރުގެ ބޭރުތޮށި ޖަހައި 496 މީޓަރުގެ އެއްގަމު ތޮއްޓެއް ޤާއިމްކޮށްފައެވެ. އަދި ބަނދަރުގެ ރޭމްޕު ހަދައި އެއްގަމު ތޮށި ވަށައިގެން ޕޭމަންޓް ހަދައި ފެން ހިންދޭނެ ނިޒާމް ޤާއިމްކޮށް ނެތުބައްތި ޖަހައި މޫރިން ބޮއި ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން ބޭރުތޮށީގައި ސޭންޑް ފިލް ބްރޭކްވޯޓާއެއް ޤާއިމްކޮށް ލައިޓް ހަރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު