ކުރީގެ މިނިސްޓަރ މަލީހް ޖަމާލް
ކުރީގެ މިނިސްޓަރ މަލީހް ޖަމާލް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާލޭން އެހެން ރަށަކަށް ބަދަލު ކުރަންޖެހޭ ކަމަށް، މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ، ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރި ގިނަ ވަގުތު ތަކެއްގައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ދަތިވާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ފޭސްބޫކްގައި ކުރި ޕޯސްޓަކާއި ގުޅިގެނެވެ.

އޭނާ ކުރި ފޭސްބޫކް ޕޯސްޓްގައި ބުނެފައިވަނީ ބަންދު ކޮށްފައި އޮންނަ ގޯޅިއަކީ މަޖީދީމަގަށް ނުކުމެވޭގޮތަށް އޮންނަ ގޯޅިއެއްކަމުން އެ ގޯޅިއަށް ނުވަދެވޭގޮތަށް ބަންދުކޮށްފައި އޮތުމުން އެ ސަރަހައްދުގައި އުޅޭ އެތައް ސަތޭކަ މީހުނަށް އެކަމުގެ ދައްޗާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އޭނާގެ ފޭސްބޫކް ޕޯސްޓާއިއެކު މަލީޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށްވާ އުނދަގުލަށް ބެލުމެއް ނެތް ކަމަށާއި އެ ގޯޅި ބަންދުވުމަކީ މާލޭ ރައްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް މުހިންމުވަނީ އެމަނިކުފާނު، "ޝެހެންޝާހު" ހެދިފައި ރައްޔިތުންގެ ޓެކްސް ފައިސާ ތަޅާ ބުރުވަން ކަމަށް މަލީޙް ވިދާޅުވެފައިވެއެވެ.

"މީދެން ބޮޑުވަރު، މި މާލެއިން ރައީސް ނަޝީދު އެހެން ރަށަކަށް ބަދަލުވާންޖެހޭ." މަލީޙް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ދެމުންގެންދާ ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ހުސްވި އަހަރުގެ މޭމަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެންނެވެ. މި ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ވަނީ ފަރުވާ ހޯއްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓް ނަގާ މަލީޙް މަގާމުން ބޭރުކުރިފަހުން، މަލީޙް ގެންދަވަނީ ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ގިނަ ފާޑުކިޔުންތަކެއް އޭނާ ގެންދަވަނީ އަމާޒު ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


1

އެސޮރު

01-Apr-2022

މަލީހު ބަދަލް ކުރަންވީ ޖަލަށް


3

އެސޮރު

01-Apr-2022

މަލީހު ބަދަލް ކުރަންވީ ޖަލަށް


-1

ދުރުމި

01-Apr-2022

ނަޝީދު އަކީ ރައްޔިތުންނަށް ތުރާލެއް


-12

ޖަލީލް

01-Apr-2022

ނަޝީދު އަކީ މާލޭބޭފުޅަކައް ވިއަސް ބޭނުންހާވައްތަރެއް ނުޖެއްސޭނެ ނަޝީދު އޮންނަން ދީފަހުރި ބޮޑުގެއެއް ހުންނާނެ ރަތްޔިތުންގެ މާލިއްޔާއިން ހަރަދު ކުރާގޮތައް އެތަނުގަ މައިތިރި ނުވެންޏާ ކޮންމެސް ރަށަކަށް ފޮނުވާލުން ރަގަނޅު ...


-7

ތާޑީ

29-Mar-2022

ރައީސް ނަޝީދަކީ މާލެ ބޭފުޅެއް.ކަލޯ ކަހަލަ ބީރައްޓެއްސެއް ނޫން.ތިބޭފުޅާ އެކަބަޑަ ބެއްޔާ ކައިރިއައް ދަގަ.ވަރަށްސަލާމް


-8

އިއްބެ

29-Mar-2022

މަލީހުބަދަލުކުރަންޖެހެނީކޮންރަށަކަށް


3

ޥ

29-Mar-2022

ދެންއަނެެްކާއެރަސހައް މީހުންއަރާފޭބުން މަނާކުރީމަ އެހެންމީހުނަންވެދް ވ ދަތިވާނެ


-3

އަލިހޮއްކޮ

29-Mar-2022

ހަސަދައަކީ ހާދަ ގެއްލުންދޭ ކަމެކެވެ. ނަޝީދު ނަޝީދު ނަޝީދު ދުވާލަކު ކިތައްފަހަރު ކިޔޭ ހެއްޔެވެ? ބަލަ އެއީ ދިވެހިރާއްޖޭގައި ވެރިކަން ކޮއްފަހުރި މީހެކެވެ. ތިޔަ ކަހަލަ ލަޓޯ ފަޓޯއެއް ނޫނެވެ. ހަތަރުކަށިމަތި މާލޭ މީހެކެވެ. ކަލެއާއި ބޭބެހެން އިއްޔެ މިތަނަށް ފުންމާލި މީހެއްނޫނެވެ. ދަތްކުނޑި ވިކަވިކަ ދަތްތައް ތިހިރަ ތިޔަ ދެބެންގެ ދަނީއެވެ. ފެމުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެއެވެ. ހުވަފެނުގައިވެސް ރައީސްނަޝީދު ގިނައިން ފެނޭދޯއެވެ?


7

އަދުރޭ

29-Mar-2022

ނަސީދަކީ ސީދާމާލޭމީހެއް އެހެނެއްކަމަކު މަލީހަކީ ފޯއްމުލަކު މީހެއް ވީމާ މާލޭން ބޭރުކުރަން ޖެހޭނީ މަލީހު