ދިވެހި ފުލުހުންގެ ހިދުމަތުގެ 89 ވަނަ އަހަރީ ދުވަހާ ގުޅިގެން، މާލެއާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރޭ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.
މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި، ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވިއެވެ. ރަށްރަށުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި އަތޮޅު ކޮމާންޑަރުންނާއި، އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެ ރަށްރަށުގެ ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.
ކޮންމެ އަހަރެއްގައިވެސް ފުލުހުންގެ ދުވަހާ ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ ހަމައެކަނި ދިދަ ވެރިންނާއެކުއެވެ.

Praising the 89th Anniversary of Maldives Police Service, the ceremonious occasion commenced with the flag hoisting ceremony held in front of Police Headquarters at 00:00 on Tuesday, the 29th March 2022 pic.twitter.com/GoA9NQiALP
— Maldives Police (@PoliceMv) March 28, 2022
މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި، ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ބައިވެރިވިއެވެ. ރަށްރަށުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކުގައި އަތޮޅު ކޮމާންޑަރުންނާއި، އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެ ރަށްރަށުގެ ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.
ކޮންމެ އަހަރެއްގައިވެސް ފުލުހުންގެ ދުވަހާ ގުޅިގެން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ފާއިތުވި ދެ އަހަރު ބާއްވާފައިވަނީ ހަމައެކަނި ދިދަ ވެރިންނާއެކުއެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު