މެދުއިރުމަތީގެ މާކެޓުގައި ބާއްވާ އެންމެ މަގުބޫލު އެއް ފެއާރކަމުގައިވާ ގަތަރު ބިޒްނަސް އެންޑް ލަގްޒަރީ ޓްރެވެލް (ކިއުބީއެލްޓީ) ކޮންގްރެސްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކިއުބީއެލްޓީއަކީ ގަތަރުގާ 28 މާރިޗްވީ ދުވަހު ކުރިއަށްދާ އެއްދުވަހުގެ ފެއާރއެކެވެ. އަދި މޯލްޓް ކޮންގްރެސް އަކީ 30 މާރިޗްއިން 31 މާރިޗްގެ ނިޔަލަށް ދުބާއީގާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މެދުއިރުމަތީގެ މަޝްހޫރު ފެއާރއެކެވެ. މި ދެ ފެއާރގާ ބައިވެރިވުމުގެ އިތުރުން، 29 މާރިޗްގައި ދުބާއީގާ މޯލްޑިވްސް ރޯޑްޝޯ ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މެދުއިރުމަތީގެ މާކެޓަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ އަމާޒަކީ މި މާކެޓުގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓާ، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގާ އިޝްތިހާރުކުރުމެވެ. މި ހަރަކާތްތަކަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލައިފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަަރަކާތެކެވެ.

ކިއުބީއެލްޓީ ކޮންގްރެސްއަކީ މައިސް ޓޫރިޒަމަށް އަމާޒުކޮށް މެދުރިތުމަތީގާ ބާއްވާ ލަގްޒަރީ ފެއާރއެކެވެ.



ގަތަރުގެ މައިސް ޓޫރިޒަމްގައި ހަރަކާތްތެރިވާ އެންމެ މަގުބޫލު 50 'އައުޓްބައުންޑް ޓްރެވެލް ބަޔާސް' މި ފެއާރއަށް ޒިޔާރަތްކުރިއެވެ. އަދި އެކިގައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި, ހޮޓެލްތަކާއި, ރިޒޯޓްތަކާއި, ޑީ.އެމް.ސީގެ އިތުރުން ލަގްޒަރީ ޓްރެވެލް ސަޕްލަޔާސް މި ފެއާރގާ ބައިވެރިވެއެވެ.

މި ފެއާރގާ ވިޒިޓް މޯލްޑިވްސްގެ މައިގަނޑު އަމާޒަަކަަށްވީ ދިވެހިރާއްޖެ އަކީ މައިސް ޓޫރިޒަމަށް އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ. މުސްތަގުބަލުގައި ދިވެހިރާއްޖޭގެ މައިސް ޓޫރިޒަމް ފުޅާކުރުމުގެ އަޒުމުގައި ވިޒިޓް މޯލްޑިވްސްއިން 'މައިސް ރީޑިފައިންޑް' ކެމްޕެއިނުގެ މެސެޖިންގް މި ފެއާރގާ އިޝްތިހާރުކުރިއެވެ.

ވިސިޓް މޯލްޑިވްސްއިން ވަނީ މިހަރަކާތުގެ ތެރޭގައި ގަތަރު އެއަރވޭސްގެ ލީޑް މާކެޓިންގް ޓީމާއި އެ އެއަރލައިންގެ ހެޑްކުއަރޓާސްގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި މިހާރު ކުރިއަށްދާ އަދި އަލަށް ފަށައިގަނެވޭނެ އެކި ޖޮއިންޓް މާކެޓިންގް ހަރަކާތްތަކާއި، މާކެޓް ގްރޯތް އާއި ރިކަވަރީ އާ ބެހޭ ގިނަ މަޝްވަރާތައް ހިމެނެއެވެ.

ކިއުބީއެލްޓީއަށްފަހު ވިޒިޓް މޯލްޑިވްސްއިން މޯލްޑިވްސް ރޯޑްޝޯއެއްވެސް ދުބާއިގާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖޭގެ ޕްރޮޑަކްޓްތަކާއި، ތަޖުރިބާތަކާއި، ރާއްޖެއަށް ދަތުރުފަތުރުކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅުތައް ކިޔައިދިނުމުގެ އިތުރުން، ދިވެހިރާއްޖެއަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްކަމަށް އަލިއަޅުވާލާ ޕްރެސެންޓޭޝަނެއް މި ރޯޑްޝޯގާ ދައްކައިދޭނެއެވެ.

މީގެ އިތުރުން، ގަތަރުގެ ޓްރެވެލް ޓްރޭޑްއާއި އިންޑަސްޓްރީ ޕާޓްނަރުންނާއި ބައްދަލުކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުންވެސް ތާވަލްގައި ހިމެނެއެވެ. މި ފެއާރގާ ބައިވެރިވާ އޭޖެންޓުންނާއި އެހެނިހެން ފަރާތްތަކުގެ މެދުގައި ހާއްސަ ރެފަލްއެއް ނަގާ، އެއް ބޭފުޅަކަށް ދިވެހިރާއްޖެގައި ހިލޭ ޗުއްޓީއެއް ހޭދަކޮށްލަން އައުމުގެ ފުރުސަތު ހަދިޔާކުރާނެއެވެ.



ރޯޑްޝޯއަށްފަހު، އިންޑަސްޓްރީ ޕާޓްނަރުންނާއި ވިޒިޓް މޯލްޑިވްސްއިން މޯލްޓް ކޮންގްރެސްގާ ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. ރީޖަނަލް ބަޔާސްއާއި ވަން.އޮން.ވަން ބިސްނަސް މީޓިންގް ބާއްވަން ގިނަ ފުރުސަތުތައް ފޯރުކޮށްދޭ މިފެއާރގާ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ. މީގެ ތެރޭގައި، 2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގާ ހަރަކާތްތެރިވެފައިވާ ފަރާތްތަކަށް ދަސްވި ފިލާވަޅުތަކާއި، ފަތުރުވެރިކަމުގެ މުސްތަގުބަލާ ބެހޭ އެކްސްޕާޓް ސެޝަންތައް ހިމެނެއެވެ.

މިދިޔަ އަހަރު 91,413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓްއިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި، ސައުދީ އަރަބިޔާ އަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓްއެވެ. މި އަހަރު ޖަނަވަރީީ މަހާ ހަމައަށް 5،103 ފަތުރުވެރިންވަނީ މެދުއިރުމަތީ މާކެޓްއިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި މާކެޓްގާ ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓާ، ރާއްޖެ އިޝްތިހާރުކުރުމަށްވަނީ ގިނަ ހަރަކާތްތައްރާވާފައެވެ. މީގެ ތެރޭގަ ޖޮއިންޓް މާކެޓްިންގް ކެމްޕެއިންތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި, ރޯޑްޝޯތަކުގެ އިތުރުން ބޮޑެތި ފެއާރތަކުގާ ބައިވެރިވުންހިމެނެއެވެ.



ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން