ރާއްޖޭގައި ހިންގާ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ ސަރުކާރުން ހިންގާ އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އާބާދީ ބޮޑު 6 ސަރަހައްދެއްގައި 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް މެލޭޝިއާގެ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ޖޮއިންޓް ވެންޗަރއާއެކު ޤާއިމްކުރި އެއްބަސްވުމެކެވެ.
މިއީ ދިވެހިރާއްޖޭގައި އެއް ކޮންޓްރެކްޓެއްގެ ދަށުން އެއްމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރާ މަޝްރޫޢެވެ. މިއެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢޫގެ އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ. އަދި މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗަރގައި ހިމެނޭ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސޮންގް ކިންގ ގޯއެވެ.
މި މަޝްރޫއުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާރޗޭސިން އެގްރީމެންޓްގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްލީމެވެ. އަދި މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަންއެވެ. އަދި ޖޮއިންޓް ވެންޗަރގައި ހިމެނޭ ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ސޮންގް ކިންގ ގޯއެވެ.
މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދުވެސް ކޯޕަރޭޝަން އެގްރީމެންޓެއްގައި ސޮއިކުރިއެވެ. މި އެގްރީމެންޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އަޒްލީމެވެ.
މި މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށީ ސިޓީ، ބ. އޭދަފުށީ އަދި ޅ. ހިންނަވަރުގައެވެ.
6 ސަރަހައްދެއްގައި ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކޮށް އުފައްދާ ކަރަންޓް 15 އަހަރުގެ ޕަވަރ ޕާޗޭސިންގ އެގްރީމެންޓެއްގެ ދަށުން ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏަށް ވިއްކުމަށް އެ ކުންފުނިން ހުށަހެޅީ އުފައްދާ ކޮންމެ ކަރަންޓް ޔުނިޓަކަށް 9.888 ޔޫއެސް ސެންޓެވެ. މިއީ މިހާތަނަށް ރާއްޖޭގައި ޕަވަރ ޕާޗޭސިން އެގްރީމެންޓް މޮޑެލްގެ ދަށުން ކަރަންޓުގެ ޙިދުމަތްދޭ ކުންފުންޏަށް ސޯލަރ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެއްމެ ހެޔޮ އަގެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 އިންސައްތައަށްވުރެ ދަށް އަގެވެ.
2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތް ނިމި ކަރަންޓުގެ ޚިދުމަތް ދެވޭނޭ ކަމަށް އަންދާޒާ ކުރެވެނީ އެ އަހަރުގެ ފަހުކޮޅުއެވެ. މި މަޝްރޫއުން 11 މެގަވޮޓްގެ ސޯލަ ޕީވީގެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން މި ނިޒާމުގެ ތެރެއިން އަހަރަކަށް ގާތްގަނޑަކަށް 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެއެވެ.
އޭގެ ސަބަބަނުން އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރު މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާނަމަ ދައުލަތުން ތެލަށްކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި މަޝްރޫޢޫގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރެވޭނެކަމަށް ވެއެވެ.
އެސްޕަޔަރ މަޝްރޫޢޫގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލަރ ޕީވީގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ޤާއިމުކުރުމަށް ވަނީ އިއުލާނުކޮށްފައެވެ. އެ ސަރަހައްދުތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.
އެސްޕަޔަރ އަދި އެރައިސް މަޝްރޫޢަކީ، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށްކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ. މިގޮތުން ޕްރައިވެޓް އިންވެސްޓްމަންޓްތައް ގެނައުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، އިންވެސްޓްކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމާއިއެކު މިކަމަށް ފުރުޞަތުތައް ހުޅުވައިދިނުމާއި އަދި މިކަމާއި ގުޅޭ ތަމްރީން ދިނުން މި މަޝްރޫޢުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު