އައްޑޫ ސިޓީ ހިތަދޫގައި އުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން އެކަމުގައި އިތުރު ބައެއްގެ ޝާމިލުވުން އޮތްތޯ ބަލަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.
މި މައްސަލައާއި ގުޅޭގޮތުން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ހިތަދޫގައި އުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ ޝަރީއަތް ނިމެންދެން 39 އަހަރުގެ އަންހެނަކު ހައްޔަރު ބަންދު ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ހުށަހެޅުމާ ގުޅިގެން، ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި މެޑިކަލް އެސެސްމަންޓެއް ވަނީ ހަދާފައި ކަމަށާއިި، އޭގެ އިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ، ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެސެސްމަންޓްތައް ހެދުމަށާއި ކުއްޖާއަށް ބޭނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން ގެންދާކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާ ކުރަމުންދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއްމި މައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޑަކުދިންނާމެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް އަދި އަވަހަށް ފިޔަވަޅުއަޅަން ޖެހޭ މައްސަލަތަކެއް ކަމަށަވާތީ، މިކަމަށް އިސްކަން ދިނުމުގެ ގޮތުން، ފުލުހުންގެ އިދާރީ އޮނިގަނޑަކަށް ގެނެވުނު ބަދަލާއެކު މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ހާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންކަމަށް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިފަދަ ހުރިހާ މައްސަލަތަކަކީ ސުޕަވައިޒް ކުރުމުގައާއި، މޮނިޓަރ ކުރުމުގައި ފުލުހުންގެ ފަރާތުން ހާއްސަ ސަމާލުކަމެއްދޭ މައްސަލަތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލާގައި ފުލުހުން ބަޔާނެއް ނެރެފައި މިވަނީ، ރައްޔިތުންނަށް މިކަމުގެ އެންމެ ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ގޮވާލައްވާފައިވަނިކޮށެވެ.
މި މައްސަލަ ހޫނުވެފައިވަނީ ފުލުހުން ހައްޔަރުކުރީ ހަގީގަތުގައި ކުށް ކުރި މީހާ ނޫންކަމަށް ވާތީކަމަށް އެ ރަށުން މައުލޫމާތު ދެއެވެ. އަދި އެކަމާއި ގުޅިގެން އައްޑޫގައި ބަޔަކު އަންނަނީ އިހްތިޖާޖު ކުރަމުންނެވެ. އިޖްތިޖާޖް ކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި އިތުރު ބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު