ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމީން ޅ. ކުރެންދުއަށް ވަޑައިގެންފިއެވެ.
ރައީސް އަބުދުﷲ ޔާމިން ކުރެންދުއަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ޔާމިން ކުރެންދުއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާ އެއްް ދަންނަވާފައެވެ.
ރައީސް ޔާމިން ކުރެންދުއަށް ވަޑައިގަތީ ޅ. ކުރެންދޫ ބައި އިލެކްޝަންގެ ޕީޕީއެމްގެ ކާމިޔާބީ ފާހަގަކުރަން މިރޭ އެރަށުގައި ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ޕީޕިއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނަސީމު ބަލިކުރެއްވުމަށްފަހުއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އިސްމާޢީލް މަދީޙް މި އިންތިޚާބު ކާމިޔާބުކުރީ 49 ވޯޓްގެ ތަފާތުންނެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި އެމްޑީޕީ މެމްބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިހާބު ކާމިޔާބުކުރެއްވި މަދީހަކީ މީގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރުމުން ކުރެންދޫ ކައުންސިލްގައި ދެން ތިއްބަވާނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެކެވެ.

Raees Yameen Lh. kurendhoo ah vadaigathumun dhennevy varah hoonu marhabaa eh #IndiaOut#HEisBack pic.twitter.com/Qt9mSKZpSR
— Progressive Party of Maldives (@ProgressPartyMV) March 29, 2022
ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ޕީޕިއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނަސީމު ބަލިކުރެއްވުމަށްފަހުއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އިސްމާޢީލް މަދީޙް މި އިންތިޚާބު ކާމިޔާބުކުރީ 49 ވޯޓްގެ ތަފާތުންނެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމު މީގެ ކުރިން ފުރުއްވަމުން ގެންދެވި އެމްޑީޕީ މެމްބަރު އިބްރާހިމް ޝިމާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިންތިހާބު ކާމިޔާބުކުރެއްވި މަދީހަކީ މީގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރުމުން ކުރެންދޫ ކައުންސިލްގައި ދެން ތިއްބަވާނީ އެމްޑީޕީގެ ހަތަރު މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެކެވެ.
ކިޔުންތެރިންގެ ހިޔާލު