އެމްޑީޕީގައި ފާއިތުވި 16 އަހަރު ޕާޓި ހިންގަން ތިބީ އެއްބަޔެއް ކަމަށާއި އާ މީހަކު މިފަހަރު ޓެސްޓުކޮށްލުން ރަނގަޅު ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭންގައި ގދ. ފިޔޯރީއަށް ވަޑައިގެން ޕާޓީގެ ސަޕޯޓަރުންނާއި ވާހަަކަ ދައްކަވަމުންނެވެެ. ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އޭނާއާ ވާދަވެރި ފަރާތްތަކުގެ ގޮތުގައި މިއަދު ތިބީ ފާއިތުވި 16 އަހަރު ޕާޓި ހިންގަން ތިބި ފަރާތްތައް ކަމަށެވެ. އެހެންކަމުން އާ މީހަކު މިފަހަރު ޓެސްޓުކޮށްލުން ރަނގަޅު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. ފައްޔާޒު ވިދާޅުވީ ވާދަވެރި ކެމްޕޭނުން ރައްޔިތުންނަށް ވިއްކަނީ އެ ފަރާތްތަކުން ކޮށްދޭނެ ކަންތައްތަކެއްގެ ވާހަކަތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެފަރާތްތަކުން ވިއްކަނީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭރު ކުރާ ވާހަަކަ އެކަނި ކަމަށް ފައްޔާޒު ވިދާޅުވިއެެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ބޭރުކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީ "ހިންގާލަން" އޭނާ ޗެއާޕާސަން މަގާމަށް އިންތިޚާބު ކޮށްދިނުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު