ލ. ގަން ތުނޑީ އަވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
މިއަދު ހަވީރު ގަމުގައި ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއު ފައްޓަވައިދެއްވީ ގަމު ދާއިރާގެ މުޙައްމަދު ވިސާމެވެ. މި ރަސްމިއްޔާތުގައި ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. މި މަޝްރޫޢަކީ 71.24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފާއިތުވި 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަމަޝްރޫޢުތަކެއް ހިންގާފައެވެ.

MP @mohamedwisaam has inaugurated the physical works commencement of L. Gan Thundi Harbor Development Project today. CEO @adamazim and senior officials of MTCC participated at the ceremony.#MTCCProjects #RayyithungeKunfuni pic.twitter.com/5nxvPg8S8B
— MTCC Plc (@MTCCPlc) March 29, 2022
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. މި މަޝްރޫޢަކީ 71.24 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފާއިތުވި 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަމަޝްރޫޢުތަކެއް ހިންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު