ފުލުހުންގެ ތެރޭގައި ޒަމާނީ ތަހުގީގުގެ ހުނަރު ލިބިފައިވާ ތަހުގީގު އޮފިސަރުން އުފައްދަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ޖުމުހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، މި ސަރުކާރުގެ ވެރިކަމަށް އައީ އިންސާފު ގާއިމް ކުރުމުގެ ވައުދާ އެކުގައި ކަމަށާއި ހިންގޭ ފުރިހަމަ ތަހުގީގަކުން ނޫނީ އިންސާފަށް ވާސިލްނުވެވޭނެ ކަމަށެވެ. ފުލުހުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގައި، ސަރުކާރުން އިސްކަންދޭ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި އިންސާފު ގާއިމް ކުރުމުގެ ތަޅުދަނޑިއަކީ ހިންގޭ ފުރިހަމަ ތަހުގީގު ކަމަށާއި އެކަމުގައި ޒަމާނުއްސުރެ އޮތް ހުސްކަން ފޫބައްދަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އެގޮތުން ފުލުހުންގެ ތެރޭގައި ޒަމާނީ ތަހުގީގުގެ ހުނަރު ލިބިފައިވާ ތަހުގީގު އޮފިސަރުން އުފައްދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ޒަމާނަކީ އިއުތިރާފަށްވުރެ ބޮޑަށް ހެެއްކާ ގަރީނާ އަށް ބުރަވެ އިންސާފު ގާއިމް ކުރެވޭ ޒަމާން ކަމަށެވެ.
"ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތާއި ހުނަރާއި ގާބިލްކަމާއި ޓެކްނޮލެޖީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު މިރޭ އަރުވަން،." ރައީސް ސާލިޙު ވިދާޅުވިއެެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ފާއިތުވި ތިން އަހަރު ކުރި މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ފުލުހުން އައުމުން ހިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށް ވެރިވުމަކީ ރައްޔިތުން ބޭނުންވި ކަމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ފުލުހުން ކުރިއަށްދާންވީ އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެތިބެ، މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރަން އަޒުމް ކަނޑައަޅައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސާލިޙު ވިދާޅުވީ މި އަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރާނެ ކަމަށެވެ. އަދި 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުމަށް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުރީ މާޒީގައި ހުއްޓިފައި، ސަރުކާރުން މަސައްކަތް ކުރާނީ ތިބޭފުޅުންނަށް އޮތް މި ބުރަ ލުއި ކުރުމަށް. އަދި ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށް." ރައީސް ސާލިޙު ވިދާޅުވިއެވެެ.

President @ibusolih and First Lady Fazna Ahmed attend the official ceremony held to commemorate the 89th anniversary of the Maldives Police Services pic.twitter.com/O68DtBGQWN
— The President's Office (@presidencymv) March 29, 2022
އެގޮތުން ފުލުހުންގެ ތެރޭގައި ޒަމާނީ ތަހުގީގުގެ ހުނަރު ލިބިފައިވާ ތަހުގީގު އޮފިސަރުން އުފައްދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ޒަމާނަކީ އިއުތިރާފަށްވުރެ ބޮޑަށް ހެެއްކާ ގަރީނާ އަށް ބުރަވެ އިންސާފު ގާއިމް ކުރެވޭ ޒަމާން ކަމަށެވެ.
#HappeningNow
— Maldives Police (@PoliceMv) March 29, 2022
Grand celebrations commenced at Republic Square to commemorate the 89th Anniversary of Maldives Police Service pic.twitter.com/iNtpsbfLGL
"ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތާއި ހުނަރާއި ގާބިލްކަމާއި ޓެކްނޮލެޖީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު މިރޭ އަރުވަން،." ރައީސް ސާލިޙު ވިދާޅުވިއެެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ފާއިތުވި ތިން އަހަރު ކުރި މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ފުލުހުން އައުމުން ހިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށް ވެރިވުމަކީ ރައްޔިތުން ބޭނުންވި ކަމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ފުލުހުން ކުރިއަށްދާންވީ އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެތިބެ، މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރަން އަޒުމް ކަނޑައަޅައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސާލިޙު ވިދާޅުވީ މި އަހަރު ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރާނެ ކަމަށެވެ. އަދި 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާ ކުރުމަށް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުރީ މާޒީގައި ހުއްޓިފައި، ސަރުކާރުން މަސައްކަތް ކުރާނީ ތިބޭފުޅުންނަށް އޮތް މި ބުރަ ލުއި ކުރުމަށް. އަދި ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށް." ރައީސް ސާލިޙު ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު