ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގެތެރެއިން.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގެތެރެއިން.
އައްޑޫ ޕޮލިސް އެކެޑެމީއަކީ އިންޑިއާގެ ނިޔަތް ރަނގަޅުކަން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ފުލުހުން ބިނާކުރުމަށްޓަކާ އައްޑޫގައި ހުޅުވުނު ޕޮލިސް އެކެޑެމީ އަކީ އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން އެ އެކެޑެމީ އަކީ ދިވެހިންގެ އަމިއްލަ ސަލާމަތާއި، ރައްކާތެރިކަމާއި އަދި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ ކަން ރައީސް ވަނީ ފާހަަގަކުރައްވާފައެވެ.

"އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަ ވަންތަކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް." ރައީސް ސާލިޙު ވިދާޅުވިއެވެ.

ހިތަދޫ ސަރަހައްދީ ބަނދަރުގެ ކުރިމަތިން އައްޑޫ ލިންކް ރޯޑްގެ ވަރަށް ބޮޑު ސަރަހައްދެއް އެކުލެވޭ ގޮތަށް ހަދާފައިވާ ޕޮލިސް އެކެޑެމީ އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީކޮށްފައިވާ އެކެޑެމީއެކެވެ. މިއެކެޑެމީގައި ކުރިއަށްގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ރާވާފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެއްކަމަށް ފުލުހުން ބުނެއެވެ. މި އެކަޑަމީ ހިންގާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުންނެވެ.

ޕޮލިސް އެކަޑެމީ ތަރައްގީކޮށްފައިވަނީ ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ވެސް ހިމަނައިގެން ކަން ފާހަގަކޮށްލެވެއެވެެ.



ކިޔުންތެރިންގެ ހިޔާލު