މިއަހަރުގެ ތެރޭގައި އެއްގަމާއި ކަނޑުގެ ގިނަ އުޅަނދުތަކެއް ފުލުހުންނަށް ލިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމުހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ ވިދާޅުވީ، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތައް ފުލުހުންންގެ ޚިދުމަތަށް ނުހޯދޭތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން އެކަމަށް ބޮޑު ހައްލެއް ހޯދައިދީފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އެއްގަމާއި ކަނޑުގެ ގިނަ އުޅަނދުތަކެއް އިރާދަކުރެއްވިޔާ ފުލުހުންގެ ޚިދުމަތަށް ލިބިގެންދާނެ، މިފަދަ އެތައް މަސައްކަތްތަކަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ކުރިމަތިވާ ނުވަތަ ރައްޔިތުންނަށް ލިބިދޭ ޚިދުމަތުގައި ވަރަށް ބޮޑު ނަތީޖާއެއް ނެރެދެވޭނެ ކަމެއް ކަން އަޅުގަނޑު ޔަގީންކުރަން." މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަަކަފުޅު ދައްކަވަމުން ހޯމް މިިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖޭގެ 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫއެއް ފެށިގެންދާނެ ކަމަށެވެ. ޢޭގެ ސަބަބުން ފުލުުހުންގެ ޚިދުމަތް ދިނުމުގައި އަތޮޅު ތެރޭގައި ވަކިން ޚާއްސަކޮށް ކުރިމަތިވެފައިވާ ދަތިތަކާއި ހުރަސް ތަކަށް ވަރަށް ބޮޑު ނިމުމެއް އަންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި ފުލުހުން ހިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއް އެކަށައަޅާފައިވާކަމަށާއި ފުލުހުން ޖަވާބު ދާރީވުމަށް ޒިންމާކުރާނެ ރަނގަޅު ފަރާތްތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއް ކަމަށެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު ކަމަކީ ގައުމަށް އިތުރު ކުރެވޭ ވަސީލަތަކާއި ލިއްބައިދޭ ގާބިލު ކަމަކާއި ހުނަރެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ހަމައެގޮތަށް ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތި ކަމެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު