މިއަދު ރާއްޖޭގައި ހޭދަވާ ކޮންމެ 22 ސިކުންތެއްގެ ތެރޭގައި ދިވެހި ފުލުހަކު ރައްޔިތަކާއި ބައްދަލުވެ މުޢާމަލާތް ކުރެވެމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ޖޫމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިއަދު ރާއްޖޭގައި ހޭދަވާ ކޮންމެ 22 ސިކުންތެއްގެ ތެރޭގައި ދިވެހި ފުލުހަކު ރައްޔިތަކާއި ބައްދަލުވެ މުޢާމަލާތްކުރެވެމުންދާކަމަށާއި އެއީ ރައްޔިތަކަށް ކުރިމަތިވެފައިވާ ނުރައްކަލެއް ނައްތާލުމަށް ނުވަތަ މައްސަލައެއް ހައްލުކޮށްދިނުމަށް ނުވަތަ ގާނޫނުން ލިއްބައިދޭ ރައްކާތެރިކަމެއް ހޯދައިދިނުމަށް ފުލުހުން ރައްޔިތުންނާ ބައްދަލުކުރާ ނިސްބަތްކަމަށެވެ.

ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނާއެއްގޮތަށް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު އޮތް ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެދުމަށްޓަކައި، ދިވެހި ސަރުކާރުން އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ހާޞިލްކުރަމުން ގެންދާ ކުރިއެރުންތަކާއި ނަތީޖާ ތަކަކީ ފަހުގެ ތާރީހެއްގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީތަކެއް ކަމަށެވެ.

އެގޮތުން ފާއިތުވި ތިން އަހަރަކީ ކާމިޔާބު އަހަރުތަކަކަށް ހެދުމަށް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކޮށްފައިވާ ބޮޑެތި އަދި ބުރަ މަސައްކަތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކޮށްފައިވާ މަސައްކަތްތަކެއްކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ސުލްހަމަސަލަސްކަމާއި ގުޅިފައިވާ ކޮންމެ ކަމެއްގައި މިއަދު ފުލުހުންގެ ދައުރެއް ވާކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.



މީގެއިތުރުން މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރި އަމާން މުޖުތަމައެއް ގާއިމުކޮށްދިނުމަށް، 2019 ވަނަ އަހަރުން ފެށިގެން، ފާއިތުވި ތިން އަހަރު ގިނަގުނަ މަސައްކަތްތަކެއްކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ. 

އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް، ވަރަށް ވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އިންޓެލިޖެންސަށް ބިނާކޮށް، 300 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގައި، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާކަމަށް ބެލެވޭ 46 ކެފޭއެއް ބަންދުކޮށްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އަދި  ފާއިތުވި ތިން އަހަރު މަސްތުވާތަކެތީގެ 5052  މައްސަލައެއް ފުލުހުންނަށް ހުށަހެޅި، 4629 މައްސަލަ ނުވަތަ 92 އިންސައްތަ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި 1.3 ޓަނުގެ މަސްތުވާތަކެތި އަތުލަައިގެންފައިވާކަމަށާއި ފާއިތުވި 10 އަހަރު ނައްތާނުލެވި ހުރި 1.8 ޓަނުގެ މަސްތުވާތަކެތި ފާއިތުވި ތިން އަހަރު ތެރޭގައި ނައްތާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ބަނގުރަލާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ތެރެއިން 277 އޮޕަރޭޝަނެއް ހިންގައި، އެ އޮޕަރޭޝަންތަކުން 11441 ބަނގުރާ ފުޅި އަދި ދަޅު އަތުލާފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.



ސީޕީ އިތުރަށް ވިދާޅުވީ ޒަމާނީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައިވެރިވުމާއެކު، ރައްޔިތުންގެ އިތުބާރު ލިބިގެން ފޯރުކޮށްދެވޭ ޚިދުމަތެއްކަމާއި 2020 ވަނައަހަރުގެ ޑިސެންބަރު 27 ވަނަ ދުވަހު ތަސްދީޤް ކުރެވި، 2021 މާރިޗު 29 ގައި ޢަމަލުކުރަން ފެށިފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު، ފުލުހުންގެ މަސައްކަތް ވަނީ، ދިމިގުރާތީ ހަމަތަކާއި އަރާ ހަމަކޮށްފައިކަމަށެވެ.

އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ބަދަލުވުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރެވި، މިއަދު ފުލުހުންގެ ޚިދުމަތް ދެމުން ދަނީ، ޤާނޫނުން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ޕޮލިސް ބޯޑުގެ އިތުރުން މިނިވަން މުއައްސަސާތަަކަށް ޖަވާބުދާރީވެ، ފަަރުދުންގެ ހައްގުތަކާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންތިޒާމްތަކާއެކު ކަމަށް ސީޕީ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-11

Cp

01-Apr-2022

Mi laadheenee kaley ge miah vure bodu dhogeh hadhan netheebaa


-4

Cp

01-Apr-2022

Mi laadheenee kaley ge miah vure bodu dhogeh hadhan netheebaa