ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް އޮތް ރޯދަމަހު އޮންނާނީ ހެނދުނު 10:30 އިން މެންދުރުފަހު 2:00އަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރަމަޟާންމަހު ޖަލްސާތަކުގެ ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30 އިން މެންދުރު 12:00އަށް ކަމަށެވެ. އަދި އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 1:00 އިން 2:00އަށް ޖަލްސާ ކުރިއަށްދާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީ ނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ. އަދި މިއަދުގެ ޖަލްސާއަކީ ރަމަޟާންމަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށްވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މަޖިލީހުގެ ނަމާދުގެ ރޯދައަށް އިިތުރު ބަދަލުތަކާއިއެކު ތައްޔާރުކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު