ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމާއި ގުޅޭ ދިރާސާއެއް ހެދުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސާގެ މައިގަނޑު މަޤްސަދަކީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުން ކަމަށެވެ.
މީގެއިތުރުން ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފު ކުރިފަހުން މަތީތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުމަކީވެސް އޭގެ މަގްސަދެއްކަމަށް މިނިސްޓްރީން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ މި ސްކީމް ތައާރަފުކޮށް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ވަނީ ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފަށައިފައެވެ.
ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 2127 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ. އަދި މިހާތަނަށް 13,911 ދަރިވަރަކަށް އެ ފުރުޞަތު ދީފައިވާއިރު އޭގެ ތެރޭގައި 2019 ވަނަ އަހަރު 4804 ދަރިވަރަކަށް ހިލޭ ޑިގްރީއަށް ކިޔެވުމަށްޓަކައި ފުރުޞަތު ދީފައިވެއެވެ. އަދި 2020 ވަނަ އަހަރު 4818 ދަރިވަރަކަށާއި 2021 ވަނަ އަހަރުގައި 3301 ދަރިވަރަކަށް ވަނީ އެ ފުރުޞަތު ފަހިކޮށްދީފައެވެ.
ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން، ސަރުކާރުން ދަނީ މަތީ ތައުލީމު ހާސިލުކުރަން ލޯނުވެސް ހަމަޖައްސައިދެމުނެވެ. މިގޮތުން މިއަހަރުވެސް ވަނީ ލޯނުގެ 720 ފުރުޞަތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްއާ ގުޅޭ ސްޓަޑީއެއް ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށްފިhttps://t.co/cUITYVjYIq pic.twitter.com/XVBDod8ktC
— Ministry of Higher Education (@MoHEmv) March 29, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ މި ސްކީމް ތައާރަފުކޮށް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ވަނީ ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފަށައިފައެވެ.
ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 2127 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ. އަދި މިހާތަނަށް 13,911 ދަރިވަރަކަށް އެ ފުރުޞަތު ދީފައިވާއިރު އޭގެ ތެރޭގައި 2019 ވަނަ އަހަރު 4804 ދަރިވަރަކަށް ހިލޭ ޑިގްރީއަށް ކިޔެވުމަށްޓަކައި ފުރުޞަތު ދީފައިވެއެވެ. އަދި 2020 ވަނަ އަހަރު 4818 ދަރިވަރަކަށާއި 2021 ވަނަ އަހަރުގައި 3301 ދަރިވަރަކަށް ވަނީ އެ ފުރުޞަތު ފަހިކޮށްދީފައެވެ.
ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން، ސަރުކާރުން ދަނީ މަތީ ތައުލީމު ހާސިލުކުރަން ލޯނުވެސް ހަމަޖައްސައިދެމުނެވެ. މިގޮތުން މިއަހަރުވެސް ވަނީ ލޯނުގެ 720 ފުރުޞަތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު