އަންނަ އަހަރު ނިމޭއިރު ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫއުގެ ތެރެއިން މާލެއިން ގުޅިފަޅަށް ގުޅާލެވޭނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައި އޮތީ މުހިއްމު ދެ ތާރީހެއްގައި މަސައްކަތުގެ ބޮޑު ބައި ނިންމަންކަމަށާއި، އެގޮތުން ފުރަތަމަ އޮތީ މާލެއާއި ވިލިމާލެ އާއި ގުޅީފަޅު ގުޅާލުންކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އަންނަ އަހަރު ނިމޭއިރު ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫއުގެ ތެރެއިން މާލެ އިން ގުޅިފަޅަށް ގުޅާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެެ.
ބްރިޖު އެޅުމަށް މިހާރު ކުރިއަށް ދަނީ މޮބިލައިޒޭޝަން މަސައްކަތެވެ. ސައިޓް ސެޓަޕާ އެކު ޖިއޯ ޓެކްނިކަލް ސާވޭގެ މަސައްކަތްތައްވެސް ކުރިއަށް އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރިޖް އަޅަން ބޭނުންވާނެ ބައެއް ސާމާނު ވެސް މިހާރު ވަނީ ގެނަސްފައެވެ. ބައެއް އާލާތްތަކާއި ބައެއް ސާމާނު އައުމުގެ މަގުމަތީގައެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ތެރެއިންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެފްކޯންސް އިންފްރާސްޓަރަކްޗަރއިންނެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.
6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު