2014ގައި މަސައްކަތް ފެށި ފުލުހުންގެ ފްލެޓުތައް މި އަހަރު ތެރޭގައި ނިންމާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް ވަރަށް ކުރީއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަމަށް އަދިވެސް ހައްލު ނުލިބޭ ކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއަކީ ސަރުކާރުތަކުން ނެއްޓިގެން ލައްގަމުން މި ސަރުކާރަށް އައި މަޝްރޫއެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަސައްކަތް އަލުން ފަށާފައިވާކަމަށާއި، އަދި ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލުކޮށް މަސައްކަތް ބާރަށް ހިނގަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ޕުލުހުންގެ ފްލެޓުތައް ނިންމުންކަމަށެވެ.
ފުލުހުންނާއި ސިފައިންނަށް ޚާއްސަކޮށްގެން 691 އެޕަރޓްމަންޓްގެ 3 ޓަވަރު އެޅުމަށް ހަވާލުކުރީ 2013ވަނަ އަހަރުއެވެ. މީގެ ޢަމަލީ މަސައްކަތް އޭގެ އަނެއް އަހަރުވަނީ ފަށާފައެވެ.
ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވަނިކޮށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ "ނޫމަޑި"އާއެކު ވެފައިވާ އެއްބަސްވުން އޭރުގެ ސަރުކާރުން އުވާލީ މާލީ ދަތިކަމުގެ ސަބަބުން ކަމަށް ބުނެ 2016ވަނަ އަހަރުއެވެ. ފްލެޓް ލިބޭ ސިފައިންނާ ފުލުހުންގެ ލިސްޓުވެސް އޭރު އޮތީ އާއްމުކޮށްފައެވެ.
އޭގެ ފަހުން ފާއިތުވި 5 އަހަރުވެސް އެ ފްލެޓްތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ދިގު އިންތިޒާރަކަށްފަހު މިހާރު މިވަނީ ފުލުހުންގެ "ޕޮލްކޯ" ފްލެޓްތަކުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތައް 8 މަސްތެރޭގައި ނިންމުމަށް ބަޔަކާ ހަވާލުކޮށްފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން މިކަމުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ފުލުހުންގެ 361 ހައުސިންގ ޔުނިޓްގެ ފިނިޝިންގ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ކިޔުންތެރިންގެ ހިޔާލު