ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް، "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ މަސައްކަތުގެ ސާވޭ ފަށައިފިއެވެ.
ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު، މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.
ސަބްމެރިން ކޭބަލް މަޝްރޫއުގެ ފުރަތަމަ މަރުހަލާއަކީ ކަނޑުއަޑީގެ ސާވޭއެއް ހެދުންކަމަށްވާއިރު، އެ ސާވޭ ހެދުމަށް ޓަކައި "އޯޝަން ސާވޭޔާ" ނަމަކަށް ކިޔާ ބޯޓެއް ވަނީ ރާއްޖެ އައިސް، މިހާރު އެ މަސައްކަތް ފަށާފައެވެ. މިއީ، ކަނޑުއަޑިން ކޭބަލް އަޅާނެ މަގު ޗެކުކޮށް، އެ މަގުން ކޭބަލް އަޅާނެ ގޮތް ބެލުމަށް ހަދާ ސާވޭ އެކެވެ.
މަޝްރޫއު ހިންގާ ސަރުކާރުގެ ކުންފުނި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)އިން ބުނީ އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާ ގުޅިގެން ދިވެހި ސަރުކާރުން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ފުރަތަމަ މަރުހަލާ އަންނަ އޭޕްރީލްމަހު ނިންމާލެވޭނެކަމަށެވެ.
އޯސީއެމުން ބުނީ ޓައިމްލައިނަށް ވުރެ އަވަހަށް މަޝްރޫއު ނިންމާލަން ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި ކޭބަލް ހުޅުމާލޭ ފޭސް 2ގައި އަންނަ އަހަރު ނިމުމުގެ ކުރިން ޖައްސާނެކަމަށްވެސް އެ ކުންފުނިން ލަފާކުރެއެވެ.
މި ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތައް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. މިއާއިއެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގެ އިންޓަނެޓްގެ ޙިދުމަތް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު