އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ދައުލަތުގެ މުދަލާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށްފިއެވެ.
އެގޮތުން މެއިމަހުގެ 16 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރަށްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިގެ ކެމްޕޭން ޓީމާއި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ، އިންތިގެ ޓީމުން ވެސް ގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.
ޗެއަރޕާސަންގެ އިންތިހާބުގެ ފޯރި ވަރަށް ބޮްޑަށް ގަދަވެފައިވާއިރު މިހާރު އިވެމުންދާ އަޑަކީ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތެވެ.
ކެމްޕޭން ފެށުނީއްސުރެ އިންތިގެ ޓީމުން އެއްވެސް އަސްލެއް ނެތި އެންޓި ކެމްޕޭނަށް ވާގޮތަށް ފައްޔާޒަށް އެކި ތުހުމަތުތައް ކުރަމުން ގެންދާކަން ފައްޔާޒު ވެސް ފާހަގަ ކުރަށްވާފައި ވެއެވެ. އަދި އިންތިގެ ކެމްޕޭންގައި އެމްޑީޕީގެ ރައީސް އަދި އެޕާޓީގެ ގިނަބައެއްގެ ތާއީދު އޮންނަ ރައީސް ނަޝީދުގެ "ފޮޓޯ" ބޭނުންކޮށް ރައީސް ނަޝީދާ ފައްޔާޒާ ދެމެދު ނުތަނަވަސްކަމެއް އޮތްކަން ދައްކައިގެން ކެމްޕޭން ސިޔާސަތު ބައްޓަން ކުރާކަން ގިނަބަޔަކު ފާހަގަކުރެއެވެ.
ދައުލަތުގެ މުދާ ބޭނުންކުރާކަމުގެ ތުހުމަތު އެންމެ ފުރަތަމަ ފެންމަތިކުރީ އިންތިގެ ކެމްޕެއިން ޓީމުން ފައްޔާޒާއި ދެކޮޅަށެވެ. އެގޮތުން ފައްޔާޒްގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި މިމަހުގެ 5 ވަނަ ދުވަހު ކެމްޕެއިން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލައިދޭން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީއަށް އިންތިގެ ޓީމުން ވަނީ ގޮވާލާފައެވެ. މީގެ ކުރިން އިންތިގެ ކެމްޕެއިން ޓީމުން ވަނީ ސަރުކާރުން ފެނަކައިގެ މުވައްޒުންނަށް ބިރު ދައްކާކަމަށްވެސް ތުހުމަތުކޮށްފައެވެ.
އަނެއްކޮޅުން ފައްޔާޒުގެ ކެމްޕެއިން ޓީމުން ދަނީ އިންތިގެ ކެމްޕެއިން ޓީމުންވެސް ދައުލަތުގެ މުދާ ބޭނުންކުރާކަމަށް ތުހުމަތުކުރަމުންނެވެ. އެގޮތުން އިންތިގެ ކެމްޕެއިން ޓީމުންވެސް ދައުލަތުގެ އޮފީސްތަކުގެ ކެމްޕެއިން ބައްދަލުވުންތައް ބާއްވަމުންދާކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު، ގިނަ ބަޔަކު ސިފަކުރަނީ ފައްޔާޒަކީ ރައީސް ސާލިހުގެ ކެނޑިޑޭޓްގެ ގޮތުގައެވެ. އަދި އިމްތިޔާޒަކީ ރައީސް ނަޝީދުގެ ކެނޑިޑޭޓްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބަލައިގަންނަމުންނެވެ.
މިއިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާްއި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ވަނީ ދެފަޅިޔަށް ބެހިފައެވެ.
ނަމަވެސް ދެ ފަރާތުގެ ބޭފުޅުންވެސް ވިދާޅުވަނީ ޕާޓީގައި ބައިބައިވުމެއް ނެތްކަމަށާއި މިއީ އިންތިހާބުގެ ފޯރިކަމަށެވެ.

Fenaka Muazzafun edhigen Finance minister emeehunnaa bahdhalu kureema noos bayaan nerunu meehun Fenaka ofeehuga mikurany keeh?
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) March 30, 2022
Thilafathuge ramzun dhogu hedhumaa olhuvaalun noon kameh nukurey. Dhen sarukaara ekkoh masakkaiy kuran rayyithun hoveema sarukaaru badhunaamu kurun! https://t.co/0kKCD2bJAa
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ފޯރިގަދަވެފައިވާއިރު، ގިނަ ބަޔަކު ސިފަކުރަނީ ފައްޔާޒަކީ ރައީސް ސާލިހުގެ ކެނޑިޑޭޓްގެ ގޮތުގައެވެ. އަދި އިމްތިޔާޒަކީ ރައީސް ނަޝީދުގެ ކެނޑިޑޭޓްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބަލައިގަންނަމުންނެވެ.
މިއިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާްއި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތައް ވެސް ވަނީ ދެފަޅިޔަށް ބެހިފައެވެ.
ނަމަވެސް ދެ ފަރާތުގެ ބޭފުޅުންވެސް ވިދާޅުވަނީ ޕާޓީގައި ބައިބައިވުމެއް ނެތްކަމަށާއި މިއީ އިންތިހާބުގެ ފޯރިކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު