އެމްޑީޕީއަކީ ރައީސް ނަޝީދުގެ ތަރިކައެއް ނޫންކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ކެމްޕެއިން ކުރިއަށްދާއިރު މޫސަ ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މޫސަ މިއަދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރަން ނުކުތީ، ވަކި އުމުރެއް، ވަކި ޖިންސެއް، ވަކި ޢާއިލާއެއްގެ ބަޔަކު އެކަނި ނޫންކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ޢާއިލާއަށް އެމްޑީޕީ ވާރުަތަ މުދަލެއްހެން އޮންނަން ދަޢުވާކުރާ މީހުން އެކަންކަން ހަނދާން ނައްތާނުލައްވަން މޫސަ ގޮވާލެއްވިއެވެ. އަދި އެމްޑީޕީއަކީ ރައީސް ނަޝީދުގެ ތަރިކައެއް ނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.



ރައީސް ނަޝީދަށް މޫސަގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު މޫސަ ވަނީ ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބުގައި ފައްޔާޒަށް ތާއީދުކުރައްވާކަންވެސް ހާމަކުރައްވާފައެވެ. އަދި އިންތިޚާބު ކާމިޔާބުކުރުމަށްފަހު ފައްޔާޒް ފުރަތަމަވެސް ކުރުން ލާޒިމްކަމަކީ ޕާޓީގެ ދާއިރާތަކަށްދޭން ޤައުމީ މަޖިލީހުން އެކިފަހަރުމަތިން ކަނޑައެޅި ފައިސާ ނުދިނީ ކީއްވެތޯ ބެލުން ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

އަލީ ރަޝީދު

01-Apr-2022

މޫސަ ވިޔަސް ނަޝީދު ވިޔަސް އެމީހެއްގެ އަމިއްލަ ތަރިކަ އޮންނަނީ އެމީހެއްގެ އަމިއްލަ ނަފްސުގަ.