ރައްޔިތުންގެ މަޖިލީހުގައި މިހާރަކަށް އައިސް ނަގާ ވޯޓްތަކުގަަައި އެމްޑީޕީގެ ބައެއް މެމްބަރުން އުސޫލާ ހިލާފަށް ޕީޕީއެމާ އެއްކޮޅަށް ވޯޓް ދޭކަމަށް ބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީޑިއާއަކާައި ވާހަކަދައްކަވަމުން އަސްލަމް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާއި ހިލާފަށް އިދިކޮޅުން ހުށަހަޅާ ގޮތަށް އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވަމުންދާތީއެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ވިޕްލައިނާ ހިލާފުވުމަކީ ދެރަ ކަމެއް ކަމަށާއި، ނަމަވެސް ވިޕް ލައިނާއި ހިލާފުވި މެމްބަރުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތްކަމަށެވެ.
އަސްލަމް ވިދާޅުވީ މެމްބަރުން ތިއްބަވާ ގްރޫޕްގައިވެސް ވިޕްލައިނާ ހިލާފަށް ވޯޓު ނުލުމަށް ދެންނެވިކަމަށެވެ. އަދިޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް މެމްބަރުން ވިޕްލައިނާ އެއްގޮތަށް ވޯޓު ދެއްވަން ޖެހޭކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހަފުތާގައި ނެގި ދެ ވޯޓެއްގައި، އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ އިދިކޮޅު ޕީޕީއެމާ އެއްކޮޅަށް ވޯޓް ދެއްވާފައެވެ. އެގޮތުން ސަރުކާރުން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރާ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށްކަނަށް ބުނެ އިދިކޮޅު ޕީއެންސީގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލައަށްވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓްދެއްވިއެވެ.
ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ހައްލެއް ހޯދަން ކޮންމެ ޕާޓީއަކުން މައްސަލަ ހުށަހެޅިނަމަވެސް އެއްބާރުލުން ދެއްވަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ބައިބައިވުން ބޮޑުވެފައިވާއިރު، ރައީސް ނަޝީދުވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާކަން ވަނީ ފާހަގަކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު