ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޯރުކޮށްދޭ ސެކިއުރިޓީގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ގޯޅި ބަންދުކުރާތީ އާންމުން އެކަމުގެ ޝަކުވާ ކުރާވާހަކަ މީޑިއާތަކުން ކަވަރު ކުރުމުން އެކަން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ، އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅުވާ ވާހަކަ ދައްކަވައިފިއެވެ.
މިދިޔަ އަހަރުގެ މެއި ހައެއްގައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއިއެކު އެމަނިކުފާނަށް އެމްއެންޑީއެފުން ދޭ ސެކިއުރިޓީ ވަނީ އެތައްތަނެއް ވަރުގަދަކޮށް ހަރުދަނާ ކޮށްފައެވެ. އެގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހިމެނޭ ގޯޅި އެކި ވަގުތުތަކުގައި ބަންދުކުރާތީ އެކަމާއި ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ފޭސްބޫކްގައި ކުރި ޕޯސްޓެއް ގިނަ މީޑިއާތަކަކުން ވަނީ ކަވަރު ކޮށްފައެވެ.
އޭގޮތަށް ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކެއްގެ ސްކްރީންޝޮޓްތައް ހިމެނޭހެން އީވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތެރޭ، ކުއްލިއަކަށް ރައީސް ނަޝީދު ގޭ ގޯޅިގަނޑޭ ކިޔާފައި ސުރުހީތަކަށް އަރުވަނީ ޝަކުވާއާއި އުނދަގުލޭ ކިޔާ އިތުރަށް ސެކިއުރިޓީ ދަށް ކުރަންކަމަށެވެ.
"އެތެރޭގެ އިންތިހާބުތެރޭ، ތަފާތު އެކި ނޫސްތަކަށް ކުއްލިއަކަށް ރައީސް ނަޝީދު ގޭ ގޯޅީގަނޑޭ ކިޔާފައި އެއްސުރުހީއެއް ލިޔަންޖެހުނީ، ޝަކުވާއޭ އުނދަގުލޭ ކިޔައިގެން ވެސް އަލުން ސެކިޔުރިޓީ ހަނިކުރަން. އަނެއްކާ ގޮސްވާލާނެ ޖާގަ ހޯދަން؟" އީވާގެ ޓްވީޓްގައި ވެއެވެ.
އީވާ މިފަދައިން ވިދާޅުވެފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ފޭސްބޫކްގައި ބުނެފައިވަނީ، ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދުގެ ގޯޅިއަކީ މާލޭގެ މައި މަގު، މަޖީދީމަގަށް ނުކުމެވޭގޮތަށް އޮންނަ ގޯޅިއެއްކަމުން އެ ގޯޅި އެކިއިރު ބަންދު ކުރުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ ސަތޭކައަށްވުރެ ގިނަ މީހުނަށް އުނދަގޫވަމުން ދާކަމަށެވެ. އަދި އެކަނި މީހެއްގެ ސަބަބުން އެތައް ބަޔަކަށް އޭގެ އުނދަގޫ ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީވާ ޢަބްދުﷲ އަކީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

އެތެރޭ އިންތިޙާބު ތެރޭ، ތަފާތު އެކި ނޫސްތަކަށް ކުއްލިއަކަށް ރައީސް ނަޝީދު ގޭ ގޯޅީގަނޑޭ ކިޔާފައި އެއްސުރުަޚީއެއް މިލިޔުއްވަން ޖެހުނީ، ޝަކުވާއޭ އުނދަގުލޭ ކިޔައިގެންވެސް އަލުން ސެކިޔުރިޓީ ހަނިކުރަން؟
— Eva Abdulla 🎈❓ (@evattey) March 30, 2022
އަނެއްކާ ގޮއްވާލާނެ ޖާގަ ހަދަން؟ pic.twitter.com/DKDJ8H4aV7
އީވާ މިފަދައިން ވިދާޅުވެފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ފޭސްބޫކްގައި ބުނެފައިވަނީ، ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދުގެ ގޯޅިއަކީ މާލޭގެ މައި މަގު، މަޖީދީމަގަށް ނުކުމެވޭގޮތަށް އޮންނަ ގޯޅިއެއްކަމުން އެ ގޯޅި އެކިއިރު ބަންދު ކުރުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ ސަތޭކައަށްވުރެ ގިނަ މީހުނަށް އުނދަގޫވަމުން ދާކަމަށެވެ. އަދި އެކަނި މީހެއްގެ ސަބަބުން އެތައް ބަޔަކަށް އޭގެ އުނދަގޫ ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީވާ ޢަބްދުﷲ އަކީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު