މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫރިޒަމް، ޑރ. އަހުމަދު ސާލިހުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ސްޓޭޓް މިނިސްޓަރ ސާލިހްގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
މި ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާ ކަމަށް ބުނާ ބައެއް ރަށްތަކުގެ ތަހުގީގެއް ނުކުރާކަމަށް ބުނެ ސޯލިހް ސޮއިކުރައްވާ ބައެއް ފަރާތްތަކަށް ފޮނުއްވި ސިޓީތަކަކާ ގުޅިގެންނެވެ.
ސާލިހާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާގެ ފަރާތުން ބުނަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކުރި މަސައްކަތެއް ފެންނަން ނެތްކަމަށެވެ. ނަމަވެސް ދައުލަތުން ބުނަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ބައެއް ރަށްތަކާ ގުޅިގެން ބައެއް ކަންކަން ނުކުރަން އަންގާފައި ވަނިކޮށް އެންގުމާ ހިލާފަށް ސޯލިހް ބައެއް ކަންކަން ކުރައްވާފައިވާކަމަށެވެ.
ސާލިހުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކުން ގާނޫނުއަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ވަރުގެ ހެއްކެއް ނެތްކަމަށެވެ.
މިމައްސަލައިގައި ސާލިހުގެ މައްޗަށް ދައުވާ އުފުލުމުން އޭނާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ. ބެލެވޭ ގޮތުގައި އޭނާގެ ކުށެއް ނެތްކަން ސާބިތުވުމުން މަޤާމުގެ މަސްއޫލިއްޔަތުތަކާއި އަލުން ހަވާލުވެވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު