އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް، އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ކެމްޕޭނު ކުރެއްވުމުގައި ދައުލަތުގެ ވަސީލަތްތަށް ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.
ފައްޔާޒުގެ ކެމްޕޭނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ކެމްޕޭނު ޓީމުން ވަނީ އެމްޑީޕީގައި އެދިފައެވެ.
ކެމްޕޭނު ދަތުރުފުޅެއްގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ނިލަންދޫ ފެނަކަ އޮފީހާ ހަމައަށް ވަޑައިނުގަންނަވާ ކަމަށާއި ދައުލަތުގެ އެއްވެސް ވަސީލަތެއް ކެމްޕޭނުގައި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އެގޮތަށް ވާހަކަ ދައްކަނީ އޭނާއަށް ތާއިދު އޮތް މަންޒަރު ސާފުކޮށް ފެންނާތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިގެ ކެމްޕޭނު ޓީމުން އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ވަރަށް ގިނަ ވާހަކަތައް ދައްކާ ކަމަށާއި އޭގެ ގިނަ ވާހަކަތަކަށް ރައްދު ނުދެއްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް ބޭނުން ކުރައްވަނީ ކިހިނެއްތޯ އިންތިގެ ކެމްޕޭނު ޓީމުގައި ހިމެނޭ ބޭފުޅުންގެ ކައިރިން އަހާލުން ރަނގަޅު ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު