އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ނަން ވޯޓް ކަރުދާހުގައި އޮވެގެން ނުވާނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި މޫސަ މިހެން ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މި ފަހަކަށްއައިސް ނެރޭ ވިޕްލައިންތަކާއި ހިލާފަށް ޕީޕީއެމްގެ މެންބަރުން ބޭނުންވާގޮތަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މަޖިލީހުގައި ވޯޓުދޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި މޫސަ އެޕާޓީން ވަކިކުރީ ޕާޓީގެ ވިޕްލައިނާއި ޚިލާފަށް ވޯޓްގަައި ބައިވެރިނުވި ކަމަށް ބުނެ އެވެ. އެކަމަށް އިޝާރަތް ކުރައްވައި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ، އޭނާ ޕާޓީން ވަކިކުރީ ވިޕްލައިނާއި ޚިލާފަށް ވޯޓްގައި ބައިވެރިނުވެގެން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެމްބަރުންތަކެއް ޕީޕިއެމާއެކު މަޖިލީހުގައި ވޯޓްލާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.



އިންތިއާއި އޭނާގެ ކެމްޕޭން ޓީމަށް އިޝާރަތް ކުރައްވައި މޫސަ ވަނީ އެވަރުގެ ބަޔަކާއި ޕާޓީ ހިންގުން ހަވާލު ކުރަންވީތޯ ސުވާލު ކުރައްވާފައެވެ.

"ފައްކަލެއްނު، މި މީހުންމީ ތިލަފަތުގެ ރަމްޒު، މިވަރުގެ ބަޔަކަށް އެމްޑީޕީ ހިންގަން ހަވާލުކުރަންވީ، އިންތިގެ ނަން ވޯޓް ކަރުދާހުގައި އޮވެގެން ނުވާނެ." މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވިއެވެ.

އަންނަ މެއި މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކުރައްވަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެެވެ. އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ދެބަޔަށް ބެހި ދެފެކްޝަނެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުންދާ ދެ ކެންޑިޑޭޓުންގެ ކެމްޕޭންގައި ދެފަރާތުން ވެސް ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު