ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އަޅައިފިއެވެ.
މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ސަލީމެވެ.
މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު އިމްދާޙް އާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާ، ޚިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒެވެ.
ރާއްޖޭގެ މުސްތަޤުބަލް ކަމުގައިވާ ޅަ ދަރިންގެ ޢިލްމާއި ޙިލްމު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ސަޤާފަތުގައި ހިމެނޭކަމެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ވަރަށް ގާތުން އެކުންފުނިން މަސައްކަތްކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޓީސީސީއަކީ އެކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި،ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކުރުމުގައި ނަމޫނާ ދައްކަވަމުން އަންނަ ކުންފުންޏެކެވެ.

ހޯރަފުށީ އިންޓަރނޭޝަނަލް ޕްރީ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި
— MTCC Plc (@MTCCPlc) March 31, 2022
ޕްރެސް ރިލީޒް:https://t.co/hr8JGdXDOI pic.twitter.com/QhJFVCEdlq
މި މަޝްރޫޢަކީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމުއްދަތެއްގެ ތެރޭގައި ނިންމާ، ޚިދުމަތަށް ބޭނުންވެފައި ތިބި ތުއްތު ކުދިންނާއި ބެލެނިވެރިންގެ އުއްމީދު ފުރިހަމަ ކޮށްދިނުމަކީ އެމްޓީސީސީގެ އަމާޒެވެ.
ރާއްޖޭގެ މުސްތަޤުބަލް ކަމުގައިވާ ޅަ ދަރިންގެ ޢިލްމާއި ޙިލްމު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ރޫހަކީ ކުންފުނި އުފެދުނީއްސުރެ ކުންފުނީގެ ސަޤާފަތުގައި ހިމެނޭކަމެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާ ވަރަށް ގާތުން އެކުންފުނިން މަސައްކަތްކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޓީސީސީއަކީ އެކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި،ތަފާތު ރޮނގުރޮނގުން އިޖްތިމާޢީ ޒިންމާ އަދާކުރުމުގައި ނަމޫނާ ދައްކަވަމުން އަންނަ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ހިޔާލު