ރ. އަތޮޅު ތައުލީމީ މަރުކަޒު ހިންގުމަށް އައު އިމާރާތެއް އަޅައިދޭނެ ކަމަށް ބުނި ނަމަވެސް އެކަން ކުރިއަށް ނުދާތީ އެދާއިރާ ތަމްސީލްކުރަށްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އާދަމް ޝަރީފް މިއަދު ވިދާޅުވީ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ބާ އިމާރާތުގެ ބަދަލުގައި ދެބުރި އިމާރާތެއް އަޅައިދޭނެކަމަށް ސަރުކާރުން ވައުދުވިތާ 3 އަހަރުވެއްޖެކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ކޮންމެސް މިންވަރެއް ބަޖެޓް ކުރިނަމަވެސް އެމަސައްކަތް ކުރިއަށްނުދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ސްކޫލްގެ މަސައްކަތް ނުހިނގާ ސަބަބު އެޑިއުކޭޝަން މިނިސްޓަރ އަރިހުން ސާފު ކުރުމަށް މީދޫ ރައްޔިތުން އެދެމުންދާކަމަށެވެ.
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 2 ބުރި އިމާރާތް މިއަހަރުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ. މީގެކުރިން މިމަސައްކަތް ބިޑަށް ހުޅުވާލިނަމަވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އަލުން ވަނީ ބިޑަށް ލާފައެވެ.
މި ޕްރޮޖެކްޓަށް މިއަހަރުގެ ބަޖެޓްގައި 9 ލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު، ސަރުކާރުން ލަފާކުރަނީ އަންނަ ޖުލައިމަހު އެ މަސައްކަތް ފެށޭނެކަމަށެވެ.

Raa.AEC ge mi imaaraathuge badhalugai dheburi imaaraatheh alhaidheynekamah misarukaarun vaudhuvithaa 3 aharu! Komme aharakuves kommes minvareh budget kurey! Ekamaku kuriah dhaagotheh nuvey! Evves kameh nuhingaa! Mivaagotheh @aisthly arihun saafu kurumah miadhu Meedhoo in edhijje! pic.twitter.com/bTjl7AR4vN
— Adam Shareef Umar (@Adamshareefz) March 31, 2022
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 2 ބުރި އިމާރާތް މިއަހަރުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ. މީގެކުރިން މިމަސައްކަތް ބިޑަށް ހުޅުވާލިނަމަވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އަލުން ވަނީ ބިޑަށް ލާފައެވެ.
މި ޕްރޮޖެކްޓަށް މިއަހަރުގެ ބަޖެޓްގައި 9 ލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު، ސަރުކާރުން ލަފާކުރަނީ އަންނަ ޖުލައިމަހު އެ މަސައްކަތް ފެށޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު