ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ދިފާއުގައި އެމަނިކުފާނުގެ ފަރާތުން 18 ހެއްކެއް ހުށަހަޅައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.
ރައީސް ޔާމީންގެ އިތުރުން، ޔާމީން ރިޝްވަތު ދެއްވިކަމަށް ބުނެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލާގައި ދެބޭފުޅުންވެސް ދަޢުވާއަށް އިންކާރުކުރައްވާފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދެ ބޭފުޅުންގެ ފަރާތުން އޮތީ ހެކި ހުށަހެޅުމެވެ.
ރައީސް ޔާމީންގެ ފަރާތުން ވަނީ ދިފާޢީ ހެކީގެ ގޮތުގައި 7 މީހަކާއި 11 ލިޔުމެއް ހުށައަޅާފައެވެ.
ޔޫސުފް ނަޢީމްގެ ފަރާތުން ވަނީ ދިފާއީ 13 ހެއްކެއް ހުށައަޅާފައެވެ. އެއީ ތިން މީހަކާއި 10 ލިޔުމެވެ.
ދަޢުވާ ލިބޭ ދެފަރާތުންވެސް ހެކި ހުށައަޅާފައިވުމުން ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ނިންމެވުމެވެ. ނަމަވެސް ޔާމީންގެ ފަރާތްޕުޅުން އޭގެ ކުރިން ހެއްކާ ބެހޭ ވާހަކަދެއްކުމަށް ވަކި އަޑުއެހުމެއް ބޭއްވުމަށް އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ޤާޟީ އަޙްމަދު ޝަކީލް ނިންމެވީ އެކަމަށްޓަކައި އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު