މިއަދު ނަމާދުކުރަންފެށި ކިންގް ސަލްމާން މިސްކިތުގެ ހުކުރު ނަމާދު ލައިވް ނުކުރި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އިތުރުފުޅު ހައްދަވައިފިއެވެ.
ސަލްމާން މިސްކިތް ހުޅުވުމާއި ގުޅިގެން ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ސަލްމާން މިސްކިތް ވަރަށް ފުރިހަމަ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސައުދީ ރަސްގެފާނަށް ޝުކުރު ހައްގު ކަމަށެވެ.
"އެތައް ވަރަކަށް ލަސްކުރުމަށްފަހު އިފްތިތާޙުނުކޮށް މިއަދު މިސްކިތުގައި ހުުކުރު ނަމާދު ލައިވް ނުކުރުމުން ރައީސް ސޯލިހުގެ ސަރުކާރުގެ ޖާހިލު/ޙަސަދަވެރި ވިސްނުން ބޭޒާރުވެއްޖެ." ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވި ނަމަވެސް މިއަދު ކިންގް ސަލްމާން މިސްކިތުގައި ކުރި ހުކުރު ނަމާދު ދައުލަތުގެ މީޑިޔާ، ޕީއެސްއެމުން ވަނީ ލައިވްކޮށްފައެވެ. އެ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ދީނީ އިލްމްވެރިޔާ އައްޝައިހް އިލްޔާސް ހުސައިނެވެ.
ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގައި ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްލާމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ކަން ފާހަގަަކޮށްލެވެއެވެ.
މި މިސްކިތް އިމާރަތް ކޮށްފައިވަނީ އެއްފަހަރާ 4،000 ވަރަކަށް މީހުންނަށް ނަމާދުކުރެވޭ ގޮތަށެވެ. މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ. ޖާގަ ތަނަވަސް މި މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހުރެއެވެ.
ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ. މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ޚާއްސަކޮށްފައެވެ.

ސަލްމާން މިސްކިތްވަރަށް ފުރިހަމަ. ސަޢޫދީ ރަސްގެފާނަށް އަދި ރައީސް ޔާމީނަށް ޝުކުރު ޙައްގު. ެއެތައްވަރަކަށް ލަސްކުރުމަށްފަހު އިފްތިތާޙުނުކޮށް މިއަދު މިސްކިތުގައި ހުުކުރު ނަމާދު ލައިވް ނުކުރުމުން ރ. އިބޫގެ ސަރުކާރުގެ ޖާހިލު /ޙަސަދަވެރި ވިސްނުން ބޭޒާރުވެއްޖެ. pic.twitter.com/3RDSIJya4R
— Mohamed Jameel Ahmed (@MJameelAhmed) April 1, 2022
ޑރ. ޖަމީލް މިހެން ވިދާޅުވި ނަމަވެސް މިއަދު ކިންގް ސަލްމާން މިސްކިތުގައި ކުރި ހުކުރު ނަމާދު ދައުލަތުގެ މީޑިޔާ، ޕީއެސްއެމުން ވަނީ ލައިވްކޮށްފައެވެ. އެ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ދީނީ އިލްމްވެރިޔާ އައްޝައިހް އިލްޔާސް ހުސައިނެވެ.
ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގައި ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްލާމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ކަން ފާހަގަަކޮށްލެވެއެވެ.
މި މިސްކިތް އިމާރަތް ކޮށްފައިވަނީ އެއްފަހަރާ 4،000 ވަރަކަށް މީހުންނަށް ނަމާދުކުރެވޭ ގޮތަށެވެ. މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ. ޖާގަ ތަނަވަސް މި މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހުރެއެވެ.
ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ. މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ޚާއްސަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު