ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ހޯދޭނީ ވަށާޖެހޭ ނިޒާމަކުން ކުރެވޭ މަސައްކަތަކުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަަ ދައްކަަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ވަށާޖެހޭ ނިޒާމެއްގެ ތެރެއިން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ވަށާ ޖެހޭ ނިޒާމްގެ ތެެރެއިން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިހާރު އޮތް މަސްތުވާތަކެތީގެ ގާނޫނަކީ މީގެ 11 އަހަރު ކުރީގެ ގާނޫނެއް ކަމަށާއި އެގާނޫނު ވެސް ޒަމާނާއެެއްގޮތަށް އިސްލާހު ކުރަންޖެހޭ ކަމަށެވެ. ޢެހެންކަމުން އެގާނޫނު ރިވިއުކޮށް އިސްލާހުތަށް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެެެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް އެކުލަވާލައިފައިވާ ޓާސްފޯހުން މުޅި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ޖިނާއީ އަދުލްގެ ނިޒާމުގެ ބޭރުން އިޖްތިމާއީ ގޮތުން ވެސް އެޅޭނެ ފިޔަވަޅުތަކާއި ޕްރިވެންޝަނަށް ކުރެވޭނެ ކަންތައްތަށް ބަލަމުންދާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެެވެ.

"ވަށާޖެހޭ ނިޒާމެއްގެ ތެރެެއިން މިކަންކަން ކުރެވުނީމަ އަޅުގަނޑު މި ގަބޫލުކުރަނީ މުޅި މައްސަލަ އަށް ހައްލު ހޯދެން މި އަންނަނީ، ފުލުހުންގެ ތަހުގީގުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރާނަން، ވަރަށް ހަނި ފުރުސަތެއްގެ ތެރެއިން ވަރަށް މަދު ހާލާތެއްގައި ހެދިފައި ހުންނަ ގޯސްތަކުގެ ފިލާވަޅުތަކުން އިބުރަތް ލިބި ދަސްވެގެން އިތުރަށް ރަނގަޅު ވެސް ކުރާނަން،" ސީޕީ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން މިހާތަނަށް ވަނީ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. ފުލުހުން މީގެ ކުރިން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގެން 1.8 ޓަނުގެ މަސްތުވާތަކެތި ދާދިފަހުން ވަނީ ނައްތާލާފައެެވެ.



ކިޔުންތެރިންގެ ހިޔާލު