މާލޭގެ ގޭބިސީ ތަކަށް ފެން ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެއެވެ.

ޝާޙް މިހެން ވިދާޅުވީ ސަޕުލައި ފެނުގެ ޑިމާންޑް ބޮޑުވެ މާލޭގެ ބައެެއް ގޭބިސީތަކަށް ފެނުގެ ޕްރެޝަރު ދަށްވެ ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަަށް ބުނެ ޝޯޝަލް މީޑިޔާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން "ރަސްއޮންލައިން" އިން ދެންނެވި ސުވާލަަކަށް ޖަވާބުދެެއްވަމުންނެެވެ.

ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މާލޭގެ ގޭބީސީ ތަކަށް ފެން ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިވެފައިނުވާ ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ޝަކުވާ ހުށައަޅާފައިނުވާ ކަމަށެެވެ. ޝޯޝަލް މީޑިޔާގައި މާލޭގެ ބައެއް ގޭގެއަށް ފެންލިބުން ދަތިވެފައިވާ ކަމަަށް ބުނެ ޚަބަރު ފެތުރުމާއި ގުޅިގެން އެކަން ބެއްލެވި ކަމަށާއި މިހާތަނަށް ބެލިބެލުމުން އެކަހަލަ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަަށް ޝާޙް ވިދާޅުވިއެވެ.

"ވަރަށް ބަރާބަރަށް އެކަން މޮނީޓާ ކުރަމުންއެދަނީ، އަޅުގަނޑުމެންގެ ޑޭޝްބޯޑުން ފެންނަން ހުންނާނެ، ޕްރޮޑަކްޝަނާއި ކޮންޒަމްޝަން. އަޅުގަނޑުމެން ފެނުގެ ވަރަށް ރަނގަޅު ސްޓޮކެެއް ވެސް އެބަހުރި ފެން ބަރާބަރަށް އެބަ އުފެއްދޭ. ފެން ބަރާބަރަށް އެބަދެވޭ ޝަކުވާއެއް ވެސް ނާދޭ." ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހް ވިދާޅުވީ، މި ރޯދަމަހު މާލޭގެ ގެތަކަށް އެއްވެސް ދައްޗެއް ނެތި ފެން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުންޏަށް އެބައޮތް ކަމަށާއި ރައްޔިތުން ފެނަށް ޖެހިގެން އުޅެން ނުޖެހޭނެ ކަމަށެވެ. އެގޮތުން ފެން ބިލްޑިންގގެ އިތުރުން ބައެއް ސަރަހައްދު ތަކުގައި ފެން އުފައްދާނެ ބެކަޕްތައް މިހާރު އެބަހުރި ކަމަށާއި އެހެންކަމުން ފެނުގެ ދައްޗެއް ކުރިމަތިނުވާނެ ކަމަށް ޝާހް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު