މުލަ ރޯދަ ދުވަހު މަސް މާރުކޭޓްގައި މަހުގެ އަގު އުފުލުނީ މަހަށްދާ މީހުން މަދުވެ މަސް ލިބުން ދަތިވުމުން ކަމަށް ބައެއް މަސްވެރިން ބުނެފިއެވެ.
މިއަދު މަސް މާރުކޭޓްގައި މަހުގެ އަގުތައް ހުރިގޮތަށްބަލާއިރު އަގުތައް ވަރަށް ބޮޑަަށް ވަނީ އުފުލިފައެވެ. އެގޮތުން މާރުކޭޓުގައި ބޮޑެތި ކަންނެލި ކިލޯއެއްގެ އަގު 85 އަށް ވަނީ އަރާފައެވެެ.
މާރުކޭޓްގައި ކަޅުބިލަ މަސް ވިއްކަނީ ކިލޯއެއް 50-55ރ. އަށެެވެ. މަސް މާރުކޭޓްގައި މަސް ވިއްކާ އުޅޭ މީހަކު ބުނީ، މަސް ލިބުމުގައި ވަރަށް ދަތިކަމަށާއި، މަސް ނުލިބޭ ކަމަށެވެ.
"މަހެެއް ނާދޭ މިހާރު މާލޭ ފަޅަކަށް، 10 ވަރަކަށް ދުވަސް ފަހުން ނޫނީ މަސްވެރިކަމެއް ނާންނާނެ މިތާކަށް،" އޭނާ ބުންޏެވެ.
މާރުކޭޓް މަސް ވިއްކަން ހުރި މ. އަތޮޅުގެ މަސްވެރިއަކު ބުނީ ރޯދަމަހު ފުރަތަމަކޮޅު މަހަށްދާން މީހުންގެ އަދަދު ދަށްވާނެ ކަމަށާއި، އަގު އުފުލިގެން އުޅެނީ މަސް ނުލިބޭތީ ކަމަށެވެ.
"މި ދުވަސްކޮޅު ފުރަތަމަ ދިހައެއްގައި މަހަށް ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ އެހެންވީމަ މި ދުވަސްކޮޅު މަހުގެ އަގު ތަންކޮޅެއް ބޮޑަށް އުފުލިގެން މިއުޅެނީ، ފުރަތަމަ ދިހަ ރޯދަ ނިއްމާފައި ގިނަ މީހުން މަހަށް ދާން ފަށާނީ." އެމީހާ ބުންޏެވެ.
ފަރުމަހުގެ އަގު ވެސް، މިއަދު މާރުކޭޓްގައި ވަނީ އުފުލިފައެވެ. އެގޮތުން ކުޑަ ފިލޮޅެއް 50 ރުފިޔާއަށް ލިބޭއިރު ބޮޑެތި ފިލޮޅު ވިއްކަނީ 80 ރުފިޔާ އަށެވެ. ގިނި މަސް 30 ރުފިޔާއަށް ވިއްކާއިރު ފާނަ ލިބެން ހުރީ 150 އާއި 200 އާއި ދެމެދު އަގުތަކެއްގައެވެ.
ރަތް މަސް މާރުކޭޓްގައި މިއަދު ވިއްކަނީ 250 ރުފިޔާ އާއި 400 ރުފިޔާއާއި ދެމެދު އަގެެއްގައި ކަން ފާހަަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު