ރާއްޖޭގައި އިގްތިސާދީ ހާލަތު މިހާރު އޮތީ އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި އެމަނިކުފާނު އާންމު ކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ރައީސް އަބުދު ﷲ ވިދާޅުވީ ރަމަޟާން މަސް ބައްދަލުވާއިރު ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެ ގޮތުން ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހާލަތުވެސް ވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައި ކަމަށެވެ. މީގެ އިތުރުން ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމުގައިވެސް އެތައް ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"މި ހުރިހާ ކަމަކުން ގައުމު ސަލާމަތްކޮށްދެއްވައި ގައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާ، ކާމިޔާބީ މިންވަރު ކުރެއްވުން އެދި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ،" ރައީސް ޔާމިންގެ މެސެޖްގައި ވިދާޅުވިއެވެ.
ރައީސް ޔާމިންގެ މެސެޖްގައި ރަމަޝާން މަހުގެ ބޭނުން ހެއު ގޮތުގައި ހިފައި ހެޔޮ ދަރުމައާއި ސަވާބަށް އެދިގެން އެންމެހާ ރައްޔިތުންގެ އަމަލުތައް ސީދާކޮށް މި މާތް މައްސަރުގެ ހެޔޮ ރަޙުމަތް ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު