މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ފެށިގެން 13:00އާއި ހަމައަށެވެ. ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި އުޅޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.
އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބެންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރު ގެނެވުނު ބަދަލުތަކާއިއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ބޭނުންވާ ރަށަކަށް ފައިސާ ޖަމާކުރެވޭނެގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރީގެ އަހަރުތަކުގައި ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގައި ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ވަކި މިންވަރެއް ދައްކަން ޖެހެއެވެ. ނަމަވެސް މިއަހަރު ގެނައި ބަދަލުތަކާއެކު ފިތުރު ޒަކާތް ދައްކަން ކަނޑައަޅާ މިންވަރަކީ، އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބަލައިގަންނަ މިންވަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:
އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ؛
ތައިލެންޑް ހުދު ހަނޑުލުންނަމަ 77 ރުފިޔާ؛
ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫނަމަ 76 ރުފިޔާ؛
ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫނަމަ 90 ރުފިޔާ؛
ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫނަމަ 132 ރުފިޔާ؛
ރަތް ހަނޑުލުންނަމަ 72 ރުފިޔާ؛
އާދައިގެ ފުށުންނަމަ 12 ރުފިޔާ؛
އާޓާ ފުށުންނަމަ 75 ރުފިޔާ؛
ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.
މިއަހަރު އެކުލަވާލި ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ވަނީ ރަޖިސްޓްރީކޮށްފައެެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 7،245 މީހުންނާއި މާލެއިން 1،796 މީހުންނެެވެ.
މުސްލިމުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންނާއި މިނިވަނުންނާއި އަޅުންނާއި ފަޤީރުންނާއި މުއްސަނދިންގެ މައްޗަށްވެސް ފިތުރު ޒަކާތް ވާޖިބުވެގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު