ކަނޑުގެ ޤުދުރަތީ ވަސީލަތްތަކާއި ގުޅޭ ދިރާސާތައް ކުރިއަށްގެންދިއުމަށް ދޫކުރާ ހުއްދައަށް އެދުމަށް ހާއްސަ އޮންލައިން ޕޯޓަލެއް ލޯންޗުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ލޯންޗްކުރި މި ޕޯޓަލްއަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ޤުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމަށް ހުއްދައަށް އެދުމާއި، ހުއްދަ ދޫކުރުން އަދި ހުއްދަ އައުކުރުމާއި ގުޅިގެން ހިނގާ އެންމެހާ އިދާރީ މުޢާމަލާތްތަކާ ގުޅޭ ކަންކަން އެއްތަނަކުން ކުރިއަށްގެންދިއުމަށްޓަކައި ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.
މި ޕޯޓަލްގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޔުނިވަރސިޓީތަކުންނާއި، އެކި އެކި ޖަމިއްޔާ ޖަމާޢަތްތަކުން މި ޕޯޓަލް މެދުވެރިކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ވެށީގެ ދިރާސާ ކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މީގެ ބޮޑު އަމާޒަކީ މެރިން ރިސަރޗް ޕަރމިޓް ޕޯޓަލް ތަޢާރަފުކުރުމާ ގުޅިގެން ކަނޑުގެ ވެއްޓާބެހޭ ގޮތުން ކުރާ ތަހުލީލުތަކާއި ދިރާސާތައް އިތުރުކުރުމެވެ.
މިޕޯޓަލަކީ ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން.) ގުޅިގެން ތަންފީޒުކުރަމުންދާ "ރީޖެނަރޭޓް" މަޝްރޫޢުގެ ތެރެއިން ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. މި މަޝްރޫޢަކީ ޔުނައިޓަޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެހީއާއެކު ހިންގާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު