މިއަހަރު ރަމަޟާންމަހުގެ އިޙްޔާ ފޯރަމްތައް މާލޭގެ އިތުރުން ރާއްޖޭގެ 3 ސިޓީއާއި ރ. އުނގޫފާރުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުވެސް އިހްޔާ ފޯރަމްތައް ކުރިއަށްގެންދާނީ އާދީއްތަ އަދި ބުރާސްފަތިދުވަހުގެރޭ ކަމަށާއި، ޕްރޮގްރާމްގައި އާއްމުންނަށް ބައިވެރިވެވޭނެކަމަށެވެ.

އިހްޔާ ފޯރަމްގައި ދީނީ އިލްމުވެރިން މެދުވެރިކޮށް އެކި މަޢުޟޫތަކަށް ވާހަކަދެއްކުމާއި، މަޢުލޫމާތުދިނުން ކުރިއަށްދާއިރު އެ މަޢުޟޫއަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު އާއްމުންނަށް އޮންނާނެއެވެ. މީގެއިތުރުން، ދީނީ ފޮތްތައް ހަދިޔާކުރުންވެސް އިޙްޔާ ފޯރަމްތަކުގެ ތެރެއިން ކުރިއަށްދެއެވެ.

ޒަމާނުއްސުރެ އިހްޔާ ފޯރަމް ބާއްވަމުން އައިސްފައިވަނީ މާލޭގެ އިސްލާމީ މަރުކަޒުގައި ނަމަވެސް މިއަހަރުގެ ރަމަޟާން މަހަށް ރާވާފައިވާ ކަންކަމުގެ ތެރެއިން، މާލެއެކޭ އެއް ފެންވަރެއްގައި އިހްޔާ ފޯރަމްތައް އަތޮޅުތެރޭގައިވެސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ރ.ދުވާފަރުގައި އިހްޔާ ޕްރޮގްރާމް ކުރިއަށްގެންދަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އަތޮޅުތަކުގައި ބާއްވާ އިހްޔާ ފޯރަމްތައް އޮންނާނީ ހަފްތާ ބަންދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެއިތުރުން އަސުރު ނަމާދަށްފަހު މިސްކިތްތަކުގައި ދަރުސް ދިނުމާއި، މާލޭގެ ބައެއް ސަރަޙައްދުތަކުގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ އައުޓް ރީޗް ޕްރޮގްރާމްތައް ބޭއްވުމަށްވަނީ ރާވާފައެވެ.

މިއަހަރަކީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމް ސަރުކާރުން ގެނެސްދޭތާ 44 ވަނަ އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ާްައަޒީ

06-Apr-2022

ޒަމާނުއްސުރެ އެކަން އޮތީ އިސްލާމީ މަރުކަޒުގައެއްނޫން ފުރަތަމަ އިހުޔާ ޕްރޮގްރާމަފެށީ ޜައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅު މުލީއާގޭގައި އިސްލާމީ މަރުކަޒު ހުޅުވުނީ އެޕްރޮގްރާމް މުލީއާގޭގަި ކުރިއަށް ގެނދާތާ އަހަރުތަކެހފަހުން