މުސްލިމުން ރޯދަ ހިފަނީ ފަޖުރުލީއްސުރެން އިރުއޮއްސުމަށެވެ. ތަންކޮޅެއް ފަސޭހަކޮށް ބުނާނަމަ ފަތިސް ނަމާދުން ފެށިގެން މަޣުރިބް ނަމާދާއި ހަމައަށެވެ. ނަމަވެސް ފަޖުރުލުމާއި އިރުއޮއްސުމާއި ދެމެދު އޮންނަ ވަގުތު ނުވަތަ ރޯދައަށް ހުންނަން ޖެހޭ ވަގުތުގެ ދިގުމިން ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތެވެ. ބައެއް ހިސާބުތަކުގައި 11 ގަޑިއިރެވެ. ބައެއް ހިސާބުތަކުގައި 20 ގަޑިއިރެވެ.
އެންމެ ގިނަ ވަގުތު ރޯދައަށް ތިބޭ ގައުމުތަކަށް ބަލާލާއިރު، އައިސްލެންޑް، ގްރީންލެންޑް، ފްރާންސް، ޕޮލެންޑް އަދި އިނގިރޭސިވިލާތުގައި ރޯދަ ހިފާ މީހުން 16 ގަޑިއިރާއި 17 ގަޑިއިރާއި ދެމެދު ރޯދައަށް ތިބޭނެއެވެ.
ދިވެހިރާއްޖެ، އިންޑިއާ، ޕޯޗުގަލް، ގްރީސް، ޗައިނާ، އެމެރިކާ، ތުރުކީ، ކެނެޑާ، ޖަޕާން، ޕާކިސްތާނު، އީރާން، އިރާގް، ސޫރިޔާ، ފަލަސްތީނު، ޔޫއޭއީ، ގަތަރު އަދި ސައުދީ އަރަބިއްޔާގައި ރޯދަ ހިފާނީ 14 ގަޑިއިރާއި 15 ގަޑިއިރާއި ދެމެދުގެ ވަގުތަކަށެވެ.
ސިންގަޕޫރު، ސޫދާން، ތައިލެންޑު އަދި ޔަމަންގައި ރޯދައަށް ތިބެނީ 13 -14 ގަޑިއިރަށެވެ.
މިއަހަރު އެންމެ މަދު ވަގުތުކޮޅަކަށް ރޯދައަށް ތިބެނީ ސައުތު އެފްރިކާ، ބްރެޒިލް، ޒިންބާބުވޭ، އިންޑޮނޭޝިޔާ، ސައުތު އެފްރިކާ، އާޖެންޓީނާ، ނިއުޒިލޭންޑު، ޕެރެގައުއޭ އަދި އުރުގުއޭގައެވެ. މީ ގައުމުތަކުގައި ރޯދައަށް ތިބޭނީ 11 - 12 ގަޑިއިރަށެވެ.

ކިޔުންތެރިންގެ ހިޔާލު