މިނިސްޓަރ ޢިމްރާން ޢަބްދުالله މާފުށި ޖަލުގެ ބައެއް ޤައިދީންނާއެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ރޯދަވީއްލަވާ, ޤައިދީންގެ ހާލަތު ގާތުން އޮޅުންފިލުއްވައިފިއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުالله ވަނީ މިއަދު މާފުށި ޖަލަށް ވަޑައިގެން, ޤައިދީންނާ އެއް ސުފުރާއެއްގައި ޤައިދީންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެން, ޤައިދީންގެ އަޑު އައްސަވާފައެވެ. ރޯދަމަހު ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެގަތުމަށް ޤައިދީންނާއެކު ވަގުތު ހޭދަކުރެއްވިއެވެ.
"ޤައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެމަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ޤައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް." ޤައިދީންނާއެކު ރޯދަވީއްލެވުމަށްފަހު މިނިސްޓަރ ވިދާޅުވިއެވެ.
ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ޤައިދީންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރ ވަނީ ނިންމަވާފައެވެ. މީގެކުރިންވެސް މިނިސްޓަރ ގެންދެވީ ޖަލަށް ވަޑައިގެން ޤައިދީންނާ ބައްދަލުކުރައްވާ, ޤައިދީންގެ ހާލަތު ގާތުން އޮޅުންފިލުއްވަމުންނެވެ.
މިނިސްޓަރގެ އަރިހުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅުވެސް ޖަލަސް ވަޑައިގެން, ޤައިދީންނާއެކު ރޯދަވީއްލެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޤައިދީންގެ އަޑު އެއްސެވިއެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މާފުށީ ޖަލުގެ ޤައިދީންނާއެކު މިއަދު ރޯދަ ވީއްލުމުގައި ބައިވެރިވެލެއްވުން pic.twitter.com/G7PFNplvm2
— Maldives Correctional Service (@CorrectionsMv) April 2, 2022
ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ޤައިދީންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރ ވަނީ ނިންމަވާފައެވެ. މީގެކުރިންވެސް މިނިސްޓަރ ގެންދެވީ ޖަލަށް ވަޑައިގެން ޤައިދީންނާ ބައްދަލުކުރައްވާ, ޤައިދީންގެ ހާލަތު ގާތުން އޮޅުންފިލުއްވަމުންނެވެ.
މިނިސްޓަރގެ އަރިހުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅުވެސް ޖަލަސް ވަޑައިގެން, ޤައިދީންނާއެކު ރޯދަވީއްލެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޤައިދީންގެ އަޑު އެއްސެވިއެވެ.
ކިޔުންތެރިންގެ ހިޔާލު